Advertisement

ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އިރާނުގެ މިސައިލް ހަމަލާތަކެއް

about 1 hour 0


ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އިރާނުގެ މިސައިލް ހަމަލާތަކެއް

about 1 hour 0

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާތަކުގެ ތެރެއިން ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އިރާނުން މިސައިލް ހަމަލާތަކެއް ދީފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި އިރާނުން ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވި އެވެ. އެއް މިސައިލް ދަތުރުކުރަނިކޮށް މައްސަލައެއް ޖެހި ވެއްޓުނުއިރު ދެވަނަ މިސައިލް ވައްޓާލީ އެމެރިކާގެ މަނަވަރަކުން ފޮނުވި އިންޓަސެޕްޓާ މިސައިލަކުންނެވެ.

މިއީ އެމެރިކާ އާއި އިޒްރޭލުން ބޮން އަޅައި ހަނގުރާމަ ފެށިފަހުން ރައްދުގައި އިރާނުން އެންމެ ދުރަށް ފޮނުވި މިސައިލް ހަމަލާ އެވެ. މި ހަމަލާއަށް ބޭނުންކުރީ ޚޮރަމްޝާހު-4 މަރުކާގެ މިސައިލް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެކުރިން ބެލެވުނު ގޮތުގައި އިރާނުގެ މިސައިލްތައް ދަތުރުކުރަނީ 2،000 ކިލޯމީޓަރު ދުރަށެވެ. ނަމަވެސް، ޑިއޭގޯ ގާސިއާ އޮންނަނީ އިރާނާ 4،000 ކިލޯމީޓަރު ދުރުގަ އެވެ.

ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަކީ އައްޑޫ އަތޮޅުގެ ދެކުނުން 700 ކިލޯމީޓަރު ދުރުގައި ގާއިމުކޮށްފައިވާ މަރުކަޒެކެވެ.