about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް މިއަދު ހަދައިފި އެވެ.
ދިރާގުން ބުނީ މި ފުރުސަތު ފަހިކޮށްދިނީ ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާއާއި އެހެނިހެން ގާތް ފަރާތްތަކާއި ގުޅުންބަދަހިކޮށް އީދުގެ އުފާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ދަށުން ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ،" ދިރާގުން ބުންޏެވެ.
ސައުދީއަށް ހިލޭ ގުޅުމަށް #225* އަށް ޑައިލްކޮށްގެން މިނެޓުތައް މިއަދު އެކްޓިވޭޓްކުރެވޭއިރު، އެ މިނެޓުތައް ހަތް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ އީދާއި އަދި އެހެނިހެން މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެ އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
Comment