18 މާރިޗު 2026 - 22:01 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން މާލޭ ބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ -- ފޮޓޯ: އަދަދު
18 މާރިޗު 2026 - 22:01 0
މި އަހަރުގެ ފިތުރު އީދުގައި ވެސް މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އާއި ފޭސް ދޭއްގެ ބޮޑު މަގުގައި ހުންނަ ހަސަން އާދަމް މިސްކިތް ހުންނަ ކޮށީގައި އޮންނަ ހުސްބިމުގަ އެވެ.
ވިލިނގިލީގައި އީދު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މީގެ ކުރިން ވެސް އީދު ނަމާދު ކުރަމުން އަންނަ ވިލިނގިލި ފުޓުބޯޅަ ސްޓޭޑިއަމްގަ އެވެ.
އެ މައިދާންތަކުގެ އިތުރުން އީދު ނަމާދު ކުރަން ނިންމާފައިވާ މިސްކިތްތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
މި އަހަރުގެ ފިތުރު އީދުވާ ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ. އީދު ނަމާދު ކުރަން ފަށާނީ އެ ދުވަހުގެ ހެނދުނު 7:00 ގަ އެވެ.
Comment