Advertisement

ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

about 1 hour 0

އެމްއެންޑީއެފްގެ ފަޔާ ލޮރީތަކެއް ސީނެއްގައި ހަރަކާތްތެރިވަނީ: މިއީ މިއަދު މާލޭގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާ --- ފޮޓޯ: އަދަދު


ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

about 1 hour 0

މާފަންނު ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެގެން، އަލިފާން ނިއްވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި އަލިފާނުގެ ހާދިސާއާ ބެހޭ މާ ބައިވަރު ތަފުސީލެއް އެމްއެންޑީއެފްއިން ނުދިން ނަމަވެސް ސިފައިން ހިއްސާކުރި ފޮޓޯގައި ވަރަށް ބޯޑަށް ހުޅުހިފާފައިވާ މަންޒަރު ފެނެ އެވެ. އަދަދު ނޫހަށް ލިބިފައިވާ ވީޑިއޯތަކާއި ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވެސް ގުދަނުގައި ވަރަށް ބޮޑަށް ރޯވެ، ބޯކޮށް ދުން އަރަމުންދާ މަންޒަރު ފެނެ އެވެ.

އެކި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގުދަނަކީ ޕްރައިމް ފާޓިލައިޒާސްގެ ގުދަނެކެވެ. މި ގުދަނުގައި ރައްކާކޮށްފައި ހުރީ ކޮން ބާވަތެއްގެ މުދަލެއް ކަން ކަށަވަރުކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

އެހެން ނަމަވެސް އެހެން ބައެއް ނޫސްތަކުގައި ވަނީ މި ގުދަނުގައި ހުރި މުދަލުގެ ތެރޭގައި ގަސްކާނާ (ފާޓިލައިޒާ) ހުރި ކަމަށް ރިޕޯޓުކޮށްފަ އެވެ.

މި ގުދަން ހުންނަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެންނެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަނުގައި ހިނގަމުން ދިޔަ ފައިނަލް ވޯޓާސް ލިސްޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ މެދުކަނޑާލާފަ އެވެ.

މިއީ މިއަދު ހިނގި ދެ ވަނަ އަލިފާނުގެ ހާދިސާ އެވެ. މިއަދު ހެނދުނު ގަލޮޅޫ މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައި ވެސް ބޯޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.

މޯޗަރީ ކައިރީގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ހުޅުގަނޑު އެމްއެންޑީއެފްއަށް ނިއްވާލެވުނީ ތިން ގަޑިިއިރަށް ވުރެ ގިނަ އިރު ފަހުންނެވެ.