about 2 hours 0
ލީވާން އަލީ ނާސިރު
ފުވައްމުލަކުގައި ގަވާއިދާ ހިލާފުވި ކަމަށް ބުނެ ބައިސްކަލުތަކެއް ޓޯކުރުން
about 2 hours 0
ފުވައްމުލައް ސިޓީގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ ޒުވާނުންތަކެއް ދުއްވި ހަތަރު ބައިސްކަލް ފުލުހުން އިއްޔެ ޓޯކޮށްފި އެވެ.
ފުލުހުން ބުނީ ޓޯކުރި ބައިސްކަލްތަކުގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާ ބައިސްކަލަކާއި، މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި ތިން ބައިސްކަލު ކަމަށެވެ.
"މި އުޅަނދުތައް ހިފަހައްޓާފައިވަނީ ދުވާރުމަތިން ދުއްވުމާއި، އެހެން އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގްޒެގްކޮށް ދުއްވުމުގެ އިތުރުން، ބައިސްކަލުގައި ދެމީހުން އަރައިގެން ދުއްވުމާ ގުޅިގެން،" ފުލުހުން ބުންޏެވެ.
މި ފިޔަވަޅުތަކަކީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ފުލުހުން އެޅި ފިޔަވަޅުތަކެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ނަމަވެސް ޒުވާނުން ދުއްވި މި ބައިސްކަލްތައް ޓޯކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
Comment