Advertisement

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެ އަނދަނީ

ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި އަލިފާން ރޯވުން -- ފޮޓޯ: އެމްއެންޑީއެފް


ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެ އަނދަނީ

މާލޭ ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެ، އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ފަށައިފި އެވެ.

ފުލުހުން ބުނީ އަލިފާން ރޯވެފައިވަނީ ގަލޮޅު، ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި ކަމަށެވެ. ނަމަވެސް އެއީ ކިތައް ފަންގިފިލާއަށް ހަދާފައިހުރި ގެއެއްކަން އެނގިފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފެއް ނުވެ އެވެ.