about 2 hours 0
about 2 hours 0
މިލާން (މާޗް 17) - މި ސީޒަނުގައި އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ސޮއިކުރި ކްރޮއޭޝިއާގެ މިޑްފީލްޑަރު، އުމުރުން 40 އަހަރުގެ ލޫކަ މޮޑްރިޗްގެ ކޮންޓްރެކްޓް އާ ކުރަން މިލާނުން ފަސްޖެހެންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކްލަބުން ބުނެފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އާއި ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްްޑަރު، މޮޑްރިޗް، މި ސީޒަން ފެށުމުގެ ކުރިން މިލާނަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިލާނުގައި މި ސީޒަނުގައި މޮޑްރިޗް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިލާނުން މޮޑްރިޗާ އެކު، ހަދާފައިވާ ކޮންޓްރެކްޓްގައި، އެ ޓީމުން ބޭނުންނަމަ، އިތުރު އެއް އަހަރަށް އާ ކުރެވޭނެ މާއްދާއެއް ވަނީ ހިމަނައިފަ އެވެ.
ޑެޒްން ސްޕޯޓްސް އަށް ދިން އިންޓަވިއެއްގައި މިލާނުގެ ޗީފް، އިގްލީ ޓާރޭ ވިދާޅުވީ، މޮޑްރިޗާ ގުޅޭ ގޮތުން ނިންމަން އޮތީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ. މިލާނަށް ކުޅެން މޮޑްރިޗް ބޭނުންވާ ކަމަށާއި ކްލަބުން ވެސް އޭނާއާ މެދު ހިތްހަމަޖެހޭ ކަމަށް ޓާރޭ ވިދާޅުވި އެވެ.
"އިތުރު އެއް އަހަރަށް (ކޮންޓްރެކްޓް) އާ ކުރެވެން އެބައޮތް، މީގެ މޮޑްރިޗް ވަރަށް ރަނގަޅަށް ވިސްނާފައި ގޮތް ނިންމަންވީ، އަހަރެމެން ފަހެއް ނުޖެހޭނަން މަޑުކުރެވެން އޮތް ފުރުސަތު ދޭކަށެއް،" ޓާރޭ ވިދާޅުވި އެވެ.
ރެއާލް މެޑްރިޑަށް 13 އަހަރު ކުޅުމަށް ފަހު މޮޑްރިޗް، އެ ޓީމު ދޫކޮށް މިލާނަށް ބަދަލުވެ، މި ސީޒަނުގައި ވަނީ މިލާނަށް 31 މެޗުން ދެ ލަނޑު ޖަހައި، ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އުމުރުން 40 އަހަރުގެ ކުޅުންތެރިޔަކާ ބަަލައި، މޮޑްރިޗްގެ ފިޓްނަސް ރަނގަޅު ކަމަށް މިލާނުގެ ކޯޗިން ޓީމުން ވެސް ވަނީ ފާހަގަކޮށްފަ އެެވެ.
Comment