14 ފެބުރުވަރީ 2026 - 11:23 0
14 ފެބުރުވަރީ 2026 - 11:23 0
މިލާން (ފެބްރުއަރީ 14) - އިޓާލިއަން ލީގުގައި ރޭ ފަހުު ވަގުތު ލޫކަ މޮޑްރިޗް ޖެހި ގޯލުން ޕީސާ އަތުން 2-1 އިން އޭސީ މިލާނުން މުހިންމު މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އިންޓަގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. އިންޓަ އަށް 24 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މިލާނަށް ލިބިފައިވަނީ 24 މެޗުން 53 ޕޮއިންޓެވެ. ތިން ވަަނައިގައި އޮތް ނަޕޯލީ އަށް ވަނީ 24 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.
ލީގުގެ ފުލުގައި އޮތް ޕީސާ ދަނޑުގައި މިލާނުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެކަމަކު، ފުރަތަމަ ގޯލު ޖެހޭ ގޮތްވީ ފުރަތަމަ ހާފު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށެވެ. އެ ގޮތުން، 39 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތެއްގައި، ރުބެން ލޮފްޓަސް-ޗީކް އެެވެ.
ދެ ވަނަ ހާފުގައި ކުޅެން ފަށައި، 56 ވަނަ މިނިޓްގައި މިލާނުން ދެ ވަނަ ލަނޑު ޖަހަން، ލިބުނު ޕެނަލްޓީއެއް، ޖަރުމަނުގެ ފޯވާޑް ނިކްލަސް ފުލްކްރޫގް ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މިލާނަށް ލީޑުފުޅާނުުކުރެވުމުގެ ނަތީޖާ އަކަށްވީ 74 ވަނަ މިނިޓްގައި ޕީސާ އިން ލަނޑު ޖަހައި، އެއްވަރުކުރުމެވެ. މިއީ، މިލާންގެ ފަހަތުން ދޫވި ބޯޅައެއް ހޯދައި ފިލީޕޭ ލޮޔޯލާ ޖެހި ލަނޑެކެވެ. އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް، މޮޑްރިޗް ވަނީ މިލާން މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.
Comment