Advertisement

ޔުނިޓީ ކަޕް: ސްޕާޓަންސް އާއި ހަބުލް ބަބުލް ފެށީ މޮޅަކުން

about 1 hour 0

ޔުނިޓީ ފުޓްސަލް ކަޕްގައި ރޭ ސްޕާޓަންސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ކަޕް


ޔުނިޓީ ކަޕް: ސްޕާޓަންސް އާއި ހަބުލް ބަބުލް ފެށީ މޮޅަކުން

about 1 hour 0

ރ، މަޑުއްވަރީގައި ބާއްވާ" ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ގައި ރޭ ކުޅުނު މެޗުތަކުން ހަބުލް ބަބުލް އާއި ސްޕާޓަންސް މޮޅުވެއްޖެ އެވެ.

އެ ގޮތުން ގްރޫޕް އޭގެ ދެ ވަނަ މެޗުގައި ރޭ ސްޕާޓަންސް އިން ކާޅު ސްޕޯޓްސް ކްލަބް ބަލިކުރީ 5-0 އިންނެވެ. އަދި، ގްރޫޕް ބީގެ ދެ ވަނަ މެޗުން ހަބުލް ބަބުލް އިން ވަނީ ގޯޓް ބުލްސް އަތުން 3-2 އިން މޮޅުވެފަ އެވެ.

ސްޕާޓަންސް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) ދެ ގޯލުގެ އިތުރުން ހުސެއިން ޝަރީފް (އޮންލީ)، އަހުމަދު ސުހައިލް (ބަމްޕުޗު) އަދި ނާހީ އެވެ. ހަބުލް ބަބުލްގެ ލަނޑުތައް ޖެހީ ސަރާއު ދެ ގޯލުގެ އިތުރުން އިރުޝާމް އެވެ. ގޯޓް ބުލްސްގެ ލަނޑުތައް ޖެހީ، އަލީ އަލްސަން އާއި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި، ކާޅު ސްޕޯޓްސް ކްލަބުން ކުޅޭނީ ޔުނީކް ސްޕޯޓްސް ކްލަބާ އެވެ. ދެ ވަނަ މެޗުގައި، ބީބީ ނިއު ޖެނެރޭޝަން ބައްދަލުކުރާނީ ހަބުލް ބަބުލްއާ އެވެ.

މި މަހުގެ 16 ވަނަ ދުވަހު، ގްރޫޕް ސްޓޭޖު ނިމުމަށް ފަހު، ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެރޭގަ އެވެ. އަދި، ފައިނަލް މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެރޭގަ އެވެ.