about 1 hour 0
ޔުނިޓީ ފުޓްސަލް ކަޕްގައި ރޭ ހަބުލް ބަބުލް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ޔުނިޓީ ފުޓްސަލް ކަޕް
about 1 hour 0
ރ، މަޑުއްވަރީގައި ކުރިއަށްދާ " ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ހަބުލް ބަބުލް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކުރިއިރު، ކާޅު އެފްސީން އުންމީދެއް ހޯދައިފި އެވެ.
ގްރޫޕް އޭގައި ކާޅުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސްޕާޓަންސް އަތުން ބަލިވެފަ އެވެ. އެކަމަކު، ރޭގެ މެޗުން ކާޅުން ވަނީ ޔުނީކް ސްޕޯޓްސް ކްލަބް އަތުން 5-2 އިން މޮޅުވެފަ އެވެ.
ގްރޫޕް ބީގައި ރޭ ހަބުލް ބަބުލް އިން ވަނީ ބީބީ ނިއު ޖެނެރޭޝަން އަތުން 2-1 އިން މޮޅުވެފަ އެވެ. ހަބުލް ބަބުލް ފުރަތަމަ މެޗުން ވަނީ ގޯޓް ބުލްސް އަތުން މޮޅުވެފަ އެވެ. އެހެންކަމުން، ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން، ހަބުލް ބަބުލް އޮތީ ކުރީގަ އެވެ.
ރޭގެ މެޗުގައި ކާޅުގެ ލަނޑުތައް ޖެހީ ރިޒާން ދެ ގޯލުގެ އިތުރުުން ޝައްމޫން، ސާމިރު އަދި މޫސަ އެވެ. ޔުނީކްގެ ދެ ލަނޑު ޖެހީ ވެސް އިމްތިޔާޒް އެވެ. ބީބީ ނިއު ޖެނެރޭޝަންގެ ލަނޑު މާހިލް ކާމިޔާބުކުރިއިރު، ހަބުލް ބަބުލްގެ ދެ ލަނޑު ވެސް ޖެހީ އިރުފާހު އެވެ.
މަޑުއްވަރީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގަައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. އެެއީ، ޕެންތާސް އާއި ގޯޓް ބުލްސް ކުޅޭ މެޗާއި ސްޕާޓަންސް އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ.
Comment