Advertisement

އެޓަލަންޓާ އިން އިންޓަ ހުއްޓުވައިފި

about 1 hour 0


އެޓަލަންޓާ އިން އިންޓަ ހުއްޓުވައިފި

about 1 hour 0

މިލާން (މާޗް 15) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އެޓަލަންޓާ އިން 1-1 އިން އެއްވަރުކޮށް، އިންޓަ މިލާން މޮޅުވިޔަ ނުދީ ހުއްޓުވައިފި އެވެ.

މިއީ، އިންޓަ އަށް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެ ވަނަ މެޗެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އިންޓަ ވަނީ ވާދަވެރި އޭސީ މިލާން އަތުން ބަލިވެފަ އެވެ.

ލީގުގެ އެއް ވަނައިގައި އިންޓަ އޮތީ 29 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މިލާނަށް 28 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ލާޒިއޯ އަތުން މިލާން މޮޅުވެއްޖެނަަމަ، އިންޓަގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންްޓަ އިން ވަނީ 26 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެޓަލަންޓާގެ ކީޕަރު، މާކޯ ކާނެސޭޝީ ކައިރިން މި ލަނޑު ޖެހީ އިންޓަގެ ޕިއޯ އެސްޕޮސީޓޯ އެވެ. މި ލަނޑު ބަލައިގަންނަން ރެފްރީ ނިންމުމުން، އެޓަލަންޓާ އިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެއީ، ލަނޑު ޖެހި މި އެޓޭކުގައި އިންޓަގެ ޑެންޒެލް ޑަމްފްރީސް ފައުލެއް ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެޓަލަންޓާ އިން އެއްވަރުުކުރީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. މިއީ، ނިކޯލާ ކާސްޓޮވިޗް ޖެހި ގޯލެކެވެ. ކާސްޓޮވިޗް މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ރީބައުންސަކުންނެވެ. އެއީ، އެޓަލަންޓާގެ ކަމާލުއްދީން ސުލެމާނާ ފޮނުވާލި ބޯޅައެއް އިންޓަ ކީޕަރު ޔެން ސޮމާ އަތުގައި ޖެހިފައި ނުކުތް ރީބައުންސެކެވެ.


އެޓަލަންޓާ އިން މި ގޯލު ޖެހިއިރު، ޑަމްފްރީސް އަށް ފައުލުކުރި ކަމަށް ބުނުމުން، ވީއޭއާރް އިން ބެލިއިރު، އެ ގޮތަށް ނިންމެން ނެތުމުން، ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ. އެ ނިންމުމާ ދެކޮޅަށް ހިތްހަަމަނުޖެހުން ފާޅުކުރި ގޮތުން، އިންޓަގެ ކޯޗު ކްރިސްޓިއަން ކީވޫ އަށް ރަތެއް ދެއްކި އެވެ.

ޖެހިޖެހިގެން ދެ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން، ލީގުގެ އެއް ވަނައިގައި ދެމިއޮންނަން އިންޓަ އަށް ޕްރެޝަރު ވަނީ ކުރިމަތިވެފަ އެވެ.