Advertisement

ފެބްރުއަރީ މަހު ޑެންގީހުން އަދި އިންފްލެންޒާއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދަށަށް


ފެބްރުއަރީ މަހު ޑެންގީހުން އަދި އިންފްލެންޒާއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދަށަށް

މިދިޔަ ފެބްރުއަރީ މަހު ޑެންގީހުން އަދި އިންފްލުއެންޒާއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހު ޑެންގީހުމަށް 412 މީހުން ޕޮޒިޓިވްވިއިރު، ޖެނުއަރީ މަހު ޑެންގީހުމަށް ޕޮޒިޓިވްވީ 668 މީހުންނެވެ.

ނަމަވެސް ޑެންގީހުން ފަދަ މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިންފްލުއެންޒާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޖުމްލަ 129 މީހަކު ބައްޔަށް ޓެސްޓުކުރިއިރު، އަށް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޖެނުއަރީ މަހު ޖުމްލަ 791 މީހަކު ބައްޔަށް ޓެސްޓުކުރިއިރު، އޭގެ ތެރެއިން 99 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.

މީގެއިތުރުން މިދިޔަ މަހު އަރިދަފުސް ރޯގާއަށް ޖުމްލަ 23،573 މީހުން ޑޮކްޓަރަށް ދެއްކި އެވެ. ޖެނުއަރީ މަހު އަރިދަފުސް ރޯގާއަށް 35،693 މީހުން ޑޮކްޓަރަށް ދެއްކި އެވެ. ބޭރަށް ހިންގައިގެން ޖެނުއަރީ މަހު 8.429 މީހުން ރިޕޯޓްކުރިއިރު، މިދިޔަ މަހު ބޭރަށް ހިންގައިގެން ރިޕޯޓްކުރީ 7.196 މީހުންނެވެ.

ރޯގާޖެހިގެން ރިޕޯޓްކުރެވުނު އަދަދު މަދުވިޔަސް ކޮވިޑް އަދި އިންފްލުއެންޒާފަދަ ރޯގާތަކަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަން އެޗްޕީއޭއިން ފާހަގަކުރި އެވެ.