about 2 hours 0
about 2 hours 0
އިސްތަންބޫލް، ތުރުކީ (މާޗް 11) - ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 1-1 އިން ބާސެލޯނާއާ އެއްވަރުވިއިރު، ގަލަސަތަރާއި އިން އަމިއްލަ ދަނޑުގަައި ލިވަޕޫލް 1-0 އިން ބަލިކޮށްފި އެވެ.
މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މި ދެ މެޗު ވެސް ކުޅުނު ދެ ވަނަ ފަަހަރު އެވެ. ގަލަތަސަރާއި އިން ދެ ވަނަ ފަހަރު ވެސް ހަމަ އެއް ނަތީޖާ އިން ލިވަޕޫލް ބަލިކުރިއިރު، ނިއުކާސަލް އިން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން 2-1 އިން ވީ ބައްޔެވެ.
ގަލަތަސަރާއި އިން ރޭ ލިވަޕޫލް ބަލިކުރިއިރު، ހަތް ވަނަ މިނިޓްގައި ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. މިއީ ކޯނަރަކުން ހުރަސްވި ބޯޅައަކުން ވިކްޓަ އޮސީމެން ބޮލުން ޖައްސާލި ބޯޅައަކުން، އެ ޓީމުގެ މާރިއޯ ލެމީނާ ބޮލުން ޖެހި ގޯލެކެވެ. މި ލަނޑު ޖެހުމުގެ ކުރިން، ލިވަޕޫލަށް ލީޑުނަގައިދޭން ފްލޯރިއަން ވާޓްޒް އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
މި މެޗުގައި ގަލަތަސަރާއިގެ އޮސީމެން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، ލިވަޕޫލުން ޖެހި ލަނޑެއް އެ ޓީމުގެ އިބްރާހިމާ ކޮނާޓޭ އަތުގައި ޖެހުނު ކަމަށް ނިންމައި، ގޯލު ބަލައިނުގަތެވެ.
ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ 100 ވަނަ މެޗުގައި އޭނާ ބަލިވިއިރު، މިއީ، ލިވަޕޫލްގެ ކުރީގެ ކޯޗު، ގްރައެމް ސޫނެސް އަށް ފަހު، 100 ވަނަ މެޗުގައި ލިވަޕޫލް ކޯޗަކު ބަލިވި ފުރަތަމަ ފަހަރެވެ. ސޫނެސް، ލިވަޕޫލާ އެކު، 100 ވަަނަ މެޗުގައި ބަލިވީ 1992 ވަނަ އަހަރު އެވެ. އަނެއްކޮޅުން، ގަލަތަަަސަރާއި ދަނޑުގައި ލިވަޕޫލަށް މޮޅެއް ހޯދަން އަނެއްކާ ވެސް އިންތިޒާރު ދިގުވިއިރު، އެ ޓީމު ދަނޑުގައި ލިވަޕޫލުން މި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ނިއުކާސަލް އިން 86 ވަނަ މިނިޓްގައި ހާވީ ބާންސް ޖެހި ގޯލުން ލީޑުނެގިއިރު، އެ ޓީމު މޮޅުވާން ދަނިކޮށް ބާސެލޯނާ އިން އެއްވަރުކުރީ ފަހު ވަގުތު އެވެ. އެ ގޮތުން، ބާސެލޯނާގެ ޑެނީ އޮލްމޯ އަށް އޭރިއާތެރެއިން ނިއުކާސަލްގެ މަލިކް ތިއޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ ޔަމާލް ވަނީ ގޯލަަށް ވައްދާލައިފަ އެވެ.
މި ނަތީޖާއާ އެކު، އަންނަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ކުއާޓާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ.
Comment