Advertisement

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ސިޓީ އާއި ލިވަަޕޫލްގެ ކުރިމަތިލުމެއް

about 1 hour 0


އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ސިޓީ އާއި ލިވަަޕޫލްގެ ކުރިމަތިލުމެއް

about 1 hour 0

ލަންޑަން (މާޗް 10) - އިނގިރޭސި އެފްއޭ ކަޕްގައި ކުއާޓާ ފައިނަލުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ސިޓީ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭއިރު، މި ދެ ޓީމު މި ފަހަރު ލީގުގައި ކުޅުނު ދެ މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ. ސިޓީ އާއި ލިވަޕޫލުން އަންނަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ވެސް ވާދަކުރަމުންނެވެ. ސިޓީން ހަތް ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ލިވަޕޫލުން ވަނީ އަށް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެފްއޭ ކަޕް ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ އާސެނަލުން ކުއާޓާގައި ކުޅޭނީ ދެ ވަަނަ ޑިވިޝަނުގެ އަށް ވަނައިގައި އޮތް ސައުތެމްޓަންއާ އެވެ.

ތިން ވަަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓް ވޭލް އަކީ ކުއާޓާ ފައިނަލުގައި މި ފަހަރު އޮތް އެންމެ ދަށް ޑިވިޝަނުގެ ޓީމެވެ. ޕޯޓް ވޭލް އިން ކުއާޓާގައި ކުޅޭނީ ޗެލްސީއާ އެވެ. މިއީ، 1929 ވަނަ އަހަރުގެ ފަހުން، ޗެލްސީ އާއި ޕޯޓް ވޭލްގެ ފުރަތަމަ ކުރިމަތިލުމެވެ.

ލީޑްސް ޔުނައިޓެޑުން ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ޕެނަލްޓީ ޖަހައިގެން ރޭ ބްރެންޓްފޯޑް އަތުން މޮޅުވި ވެސްޓް ހޭމް ޔުނައިޓެޑާ އެވެ.

ކުއާޓާ ފައިނަލުގެ މެޗުތައް އޮތީ އަންނަ މަހުގެ 4-5 އޭޕްރީލް މަހުގަ އެވެ.