Advertisement

ޔަމާލްގެ ގޯލުން މޮޅުވެ ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

about 22 hours 0


ޔަމާލްގެ ގޯލުން މޮޅުވެ ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

about 22 hours 0

ބިލްބާއޯ (މާޗް 8) - ސްޕެނިޝް ލީގުގައި ރޭ ލަމީން ޔަމާލް ޖެހި ގޯލުން 1-0 އިން އެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ބާސެލޯނާ އިން އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 27 މެޗުން ވަނީ 67 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 27 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބިލްބާއޯ އިން ރޭގެ މެޗުގައި ބާސެލޯނާގެ އެޓޭކްތައް ހުއްޓުވުމަށް ފުރަތަމަ ހާފުގައި ޓީމެއްގެ ގޮތުގައި ވަަރަށް ރަނގަޅަށް މަސައްކަތްކުރި އެވެ. މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނިޓްގައި ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔަމާލް އެވެ. ޕެޑްރީ ދިން ބޯޅައަކުން ޔަމާލް މި ލަނޑު ޖެހީ އޭރިއާތެރޭގައި ހުރެފައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި ހަފްތާގައި ވިޔަރެއާލް ކޮޅަށް ހެޓްރިކެއް ހެދި ޔަމާލް މި މެޗުގައި ޖެހި ލަނޑާ އެކު ލީގުގައި މި ފަހަރު ޖެހި ގޯލުގެ އަދަދު މި ވަނީ 14 އަށް އަރައިފަ އެވެ. އަދި، ސީޒަނުގެ ހުރިހާ މުބާރާތެއްގައި، އުމުރުން 18 އަހަރުގެ ޔަމާލް މި ވަނީ 19 ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެެޗެވެ.