އައްޑޫ ސިޓީގެ ހިތަދޫ އާއި މީދޫ ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ބްރިޖު މަޝްރޫއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހޯދުމަށް ރައީސް އޮފީހަށް ހުށަހެޅުމުން، އެ މައުލޫމާތު ދިނުމުގެ ބަދަލުގައި އެ ހުށަހެޅުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކޮށްފި އެވެ.
މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ރައީސް އޮފީހަށް ހުށަހެޅި މި އާރުޓީއައި ފޯމުގައި މައިގަނޑު ތިން ސުވާލެއް ކޮށްފައިވެއެވެ. އެއީ؛
ރައީސް މުހައްމަދު މުއިއްޒުގެ މި ރިޔާސީ ވައުދާ ގުޅޭ މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ރައީސް އޮފީހުން އަންގާފައިވަނީ އެ ހުށަހެޅުން މިހާރު އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ގާނޫނު ބުނާގޮތުން އެ އިދާރާއެއްގައި ނެތް މައުލޫމާތެއް ހޯދަން ހުށަހަޅައިފިނަމަ، އެ މައުލޫމާތެއް އޮތް އިދާރާއަކަށް އެ ހުށަހެޅުން ބަދަލުކުރަން ޖެހެއެވެ.
ނަމަވެސް، މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އަޕްޑޭޓުތަކާއި ކުރިއަށްދާ މިންވަރުގެ ތަފްސީލުތައް އެންމެ ގިނައިން ރައްޔިތުންނަށް ހިއްސާކުރައްވަނީ މުއިއްޒު އެވެ. އެހެންވެ، މިއީ ރައީސް އޮފީހުގައި ހުންނާނެ މައުލޫމާތެކެވެ.
އެ ބްރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މައުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި އައްޑޫ އަށް ކުރެއްވި ދަތުރުގަ އެވެ.
މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖްގެ މަސައްކަތް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފަށަން ސަރުކާރުގެ "ހަފްތާ 14" ގެ ރޯޑްމެޕްގައި ވެސް ހިމެނި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment