about 2 hours 0
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު އާއި މާލޭ މޭޔަރު ކަމަށް ޕީއެންސީ ޓިކެޓުގައި ވާދަ ކުރައްވާ މޫސާ އަލީ ޖަލީލް -- ފޮޓޯ: ޕީއެންސީ
about 2 hours 0
ރައީސް މުހައްމަދު މުއިއްޒު ދައްކަވާ ކެންޑިޑޭޓަކު ހޮވައިގެން މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މާލޭ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދަށް ތާއީދު ހޯދުމަށް ރޭ ހުޅުމާލޭ ފޭސް 1 ގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މާލެއަކީ މުޅި ރާއްޖޭގެ "މޫނުބަލާ ލޯގަނޑު" ކަމަށްވާއިރު، މާލޭގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މިނިވަން ފިކުރެއްގެ މޭޔަރެއް ކަމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، އޭނާއަކީ ރައީސް މުއިއްޒުގެ ފައިތިލަ މަތިން ހިނގާ "އަޅެއް" ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަކީވެސް ރައީސް މުއިއްޒުގެ "ޕްރޮކްސީ" އެއް ކަމަށް ސިފަކުރައްވައި، އޭނާގެ އާއިލީ ކުންފުނި އާރުސީސީ މެދުވެރިކޮށް ދައުލަތުގެ މުއްސަނދިކަން ވަކި ބައެއްގެ ޖީބަށް ވަންނަ ގޮތަށް ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
މާލެއަކީ ވެރިކަން ކުރާ ރަށަށް ވާތީ އަދި މުޅި ރާއްޖޭގެ މޫނުބަދަލު ލޯގަނޑަށް ވާތީ މިތަނުގައި ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް މުއިއްޒު ދައްކާ މީހަކު މޭޔަރު ކަމަށް ހޮވައިގެން އެކަންކަން ހައްލެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ މުއިއްޒު މޭޔަރުކަން ކުރައްވައިފައި ހުރި ކުރެއްވި ކަންކަން ފޮރުވަން އުޅޭނީ. އެކަމެއް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
"އެތަންތަން ހުރި ކަންތައްތައް ބަލާލަން އަޅުގަނޑުމެން ބޭނުމީ. އެތާ ކަންތައްތައް ހުރިކަން މިހާރު އެނބަ އެނގޭ. އެއީ ލަހުން ނަމަވެސް އާދަމް އާޒިމް އެވާހަކަ އެބަ ދައްކަވާ. އަދި އާދަމް އާޒިމް އެ ވާހަކަ ދެއްކެވީމާ މުއިއްޒަށް ތާއިދުކުރައްވާ ބޭފުޅުން ވެސް އެކަންކަމާ ހިތްޕުޅާ ހަމަނުޖެހޭކަންވެސް އަޅުގަނޑުމެންނަށް އެބަފެނޭ."
ރައީސް ޔާމީން ވިދާޅުވީ ޒަރިޔަންދަކީ އެމަނިކުފާނާ މާޒީގައި މާބޮޑު ގުޅުމެއް އޮތް ބޭފުޅެއް ނޫން ނަމަވެސް، އޭނާ ނެރުއްވީ ހަމައެކަނި ގައުމީ މަސްލަހަތަށްޓަކައި ކަމަށެވެ.
"ޒަރިޔަންދު ހޮވިއްޖެ ނަމަ ރައްޔިތުންގެ ފައިދާއަށް ޒަރިޔަންދު ކަމެއް ކޮށްދިނުން ފިޔަވައި އަޅުގަނޑު އެދޭނެ ކަމެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވެ، ބިންތަކާއި ޕާކިން ސްލޮޓްތަކުގެ އިތުރުން ކަނޑުއަޑީގެ ވެލިވެސް ވިއްކަމުންދާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވެއްޖެ ނަމަ މި ސަރުކާރުގެ އެކަކުވެސް ސަލާމަތް ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް މަތިމައްޗަށް ޝަރީއަތްތައް ހިންގިޔަސް، ބަލިވެގެން ފިލައިގެން ދާން ނޫޅޭނެ ކަމަށާއި ރާއްޖޭގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
ރޭގެ މި ކެމްޕޭން ހަރަކާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
Comment