about 2 hours 0
ލީވާން އަލީ ނާސިރު
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
about 2 hours 0
ރާއްޖޭގެ 57 ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވަނީ ރަށު ކައުންސިލްތަކުން ބިން ހަވާލު ނުކޮށްގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ވާހަކައަކީ "ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ފެންނަމުން މިދަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ރައްޔިތުން އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްތައް ބަދުނާމުކުރުމަށް މުއިއްޒު މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން، މަޝްރޫއުތައް ހުއްޓުވުމުގެ ބާރު ކައުންސިލްތަކަށް ނޯންނާނެކަން ފާހަގަކުރައްވައި، އައްބާސް ވިދާޅުވީ ރައީސް ހައްދަވަނީ ދޮގެއްކަން އެކަމުންވެސް ސާބިތުވާނެ ކަމަށެވެ.
"މިއަދުވެސް ފެނިގެން މިދަނީ ކައުންސިލު އިންތިހާބު ހޯދުމަށްޓަކައި ރައީސް ޑރ. މުއިއްޒު އިސްވެ ހުންނަވާ ރައްޔިތުން އިންތިހާބު ކުރެއްވި ރަށު ކައުންސިލުތައް ބަދުނާމުކޮށް ހަވަރަށް ދީ އެކި އެކި ބޭފުޅުންގެ ބޮލުގައި ދޮގު އިލްޒާމުތައް އެޅުވުމަށް ބަރަކާތްތެރި ރަމަޟާން މަހު ރޯދަ އަށް ހުންނަވާ ދޮގު ހައްދަވާ ބޮޑު މަންޒަރު،" އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
"މިވަރުގެ މަކަރުވެރި، ދޮގުވެރި، ހީލަތްތެރި ރައީސްއަކު އަދި މި ގައުމު ދެކިފައި ނުވާނެ."
ބަރަކާތްތެރި ރަމަޟާން މަހުވެސް ދޮގު ހެދުމުގައި މުއިއްޒު ހައްދުފަހަނައަޅާ ގޮސްފައިވާ ކަމަށް އައްބާސް ތުހުމަތު ކުރެއްވިއެވެ.
އައްބާސްގެ ޕޯސްޓުގައި މުއިއްޒަށް ވަރަށް ބޮޑު އެހެން ތުހުމަތެއް ވެސް އަމާޒުކުރައްވާފައެވެ. މުއިއްޒު މުޅި އުމުރު ހޭދަކުރައްވަނީ އަމިއްލަ "އަންބޮޑި ބޮޑުކުރުމަށްޓަކައި" ރައްޔިތުންނަށް ދޮގާއި މަކަރު ހަދައި އޮޅުވާލުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވެރިކަމަށް ވަޑައިގެންނެވީ ހުސްގޮނޑި ދައްކަވައިގެން ދުނިޔޭގައި އޮތްހާ ބޮޑެތި ދޮގުތަކެއް ހައްދަވައިގެން. ވެރިކަމަށް އައުމަށް ފަހުވެސް ފެނިގެން ދިޔައީ މަކަރާއި ހީލަތުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް މާތްﷲ ގަންދީ ބުނެ ދޮގު ހުވާކޮށް، އަތުޖެހުނު އެއްޗެއް ހޯއްދަވައިގެން ބުހުތާނު ދޮގު ވައުދުތައް ވަމުންދިޔަތަން،" އައްބާސް ވިދާޅުވި އެވެ.
ހެއްދެވި ފަރާތް މަތިން ހަނދުމަކޮށް، މީހުންގެ ހައްގުތަކަށް އަރައިނުގަތުމަށާއި ﷲ އަށް ތައުބާވުމަށްވެސް އައްބާސް، މުއިއްޒަށް ގޮވާލައްވާފައިވެ އެވެ.
Comment