Advertisement

ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް


ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް

މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.

މި އެވޯޑު ދިރާގަށް ލިބުނީ ރާއްޖެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ، ހުރިހާ ގެއަކަށް، 100 ޕަސަންޓް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމަށް ހޯދާފައިވާ ކާމިޔާބީގެ މައްޗަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވީ މި އެވޯޑަކީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި ލިބުނު އިތުރު ކުރިއެރުމެއް އަދި ހިތްވަރެއް ކަމަށާއި

"މިއަދު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަނެޓްގެ ދޮރު ވަނީ ހުޅުވިފައި. އެހެންކަމުން، މިއީ ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަދި ފަހުރުވެރި ކާމިޔާބީއެއް. މި ފުރުސަތުގައި، އަޅުގަނޑުމެންގެ ހިދުމަތްތައް އިހްތިޔާރުކޮށް، ކުރައްވާ އިތުބާރަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި، ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 ޕަސަންޓް 4ޖީ ހިދުމަތް ދިރާގުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ އާބާދީގެ 73 ޕަސަންޓަށް ދިރާގުގެ 5ޖީ ހިދުމަތް މިހާރު ލިބެ އެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް' އެވޯޑު Q1-Q2 2025 އަށް ލިބިފަ އެވެ.