18 ފެބުރުވަރީ 2026 - 08:04 0
18 ފެބުރުވަރީ 2026 - 08:04 0
"އާއިލީ ގުޅުން" އިސްކުރުމުގެ މުހިންމު ޝިއާރާއެކު، މި ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަ ކޮށްގެން ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ފަށައިފި އެވެ.
މި ހަރަކާތްތައް ތައާރަފުކުރަން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ "ދިރާގަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގުޅުން" ކަމަށެވެ.
"ދިރާގުން ދަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މި ގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ތައާރަފުކުރި ޕްރޮމޯޝަންގައި ހިމެނޭ އޮފާ ތަކަކީ؛
ދިރާގުން ވަނީ މި އޮފާތަކުގެ އިތުރުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ. މި ގޮތުން، މި އަހަރު ވެސް، އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮފާތަކާއި ހާއްސަ ހަރަކާތްތަކުގެ އިތުރުން، މި ޕްރެސް ކޮންފަރެންސް ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ އެކްސްކްލޫސިވް ޕްރިމިއާއަކުންނެވެ.
ރާއްޖޭގެ މަޝްހޫރު އެކްޓަރުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ހީނަރުވެފައިވާ އާއިލީ ގުޅުމުގެ ސަބަބުން ޖީލުތަކަށް ކުރާ އަސަރުތަކާއި، އާއިލީ ގުޅުން އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމެވެ. މި ފިލްމު އާންމުންނަށް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގައެވެ.
Comment