about 2 hours 0
about 2 hours 0
ދިވެހިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ "ދިރާގު ގުޑިފެސްޓް" ފެބްރުއަރީ 27 ވާ ހުކުރު ދުވަހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިރާގުން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 5:00 އިން 6:00 އަށެވެ. ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ހިލޭ ގުޑިއެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑިއެރުވުމަށް ކުޑަކުދިން އަހުލުވެރިކުރުވުމުގެ މަގްސަދުގައި 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Comment