Advertisement

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

about 6 hours 0


ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

about 6 hours 0

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި އެއްބަސްވުމަށް އަމަލުކުރުން ނުހުއްޓޭ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރީ އިކިއިޑިސްޓެންސްގެ ހަމައިންނެވެ.

ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ އެއްބަސްވުމުގައި ސޮއިކުރީ މެއި 2025، ގަ އެވެ. އެ ނިންމުމަށް އެމެރިކާގެ ތާއީދު އޮތްގޮތް މިހާރު ވަނީ ހަތަރު ފަހަރު ބަދަލުވެފަ އެވެ. މިހާރު އަނެއްކާ ވެސް އެމެރިކާއިން ބުނަނީ އެ އެއްބަސްވުމާއެކު ކުރިއަށް ގޮސްގެން ނުވާނެ ކަމަށެވެ.

އެއާއެކު އިނގިރޭސި ސަރުކާރުން އެ މަސައްކަތް ހުއްޓާލި ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް، ބީބީސީއަށް އިއްޔެ އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދެ އެވެ.

އެ މައްސަލައާ ގުޅިގެން އެމެރިކާއާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އިނގިރޭސިން ބުނެ އެވެ. ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހިންގަނީ އެމެރިކާއިންނެވެ.

އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް އެވެރެޖު ގޮތެއްގައި 101 މިލިއަން ޕައުންޑް މޮރިޝަސްއަށް އިނގިރޭސިވިލާތުން ދައްކާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ. ފުރަތަމަ ތިން އަހަރު 165 މިލިއަން ޕައުންޑް ދައްކަން ޖެހޭ މި އެއްބަސްވުމުގެ ޖުމުލަ އަގު 3.4 ބިލިއަން ޕައުންޑަށް އަރާނެ އެވެ.