Advertisement

ޖަރުމަނު ބަސް ދަސްނުކޮށްފިނަމަ ޑިއާޒްގެ މުސާރައިން ކެނޑޭނެ

about 2 hours 0


ޖަރުމަނު ބަސް ދަސްނުކޮށްފިނަމަ ޑިއާޒްގެ މުސާރައިން ކެނޑޭނެ

about 2 hours 0

މިއުނިކް (ފެބްރުއަރީ 23) - ބަޔާން މިއުނިކަށް މި ސީޒަނުގައި ބަދަލުވި ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒްއާ އެކު ބަޔާނުން ހެދި ކޮންޓްރެކްޓްގައި ހާއްސަ "ލޭންގުއޭޖް ކްލޯސް" އެއް ހިމަނާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަން ފެށުމުގެ ކުރިން، ލިވަޕޫލް ދޫކޮށް ޑިއާޒް ވަނީ ޖުމްލަ އެކު، 90 މިލިއަން ޑޮލަރުގެ ޑީލެއްގައި ބަޔާނަށް ސޮއިކޮށްފަ އެެވެ. އެ ގޮތުން، ބަޔާނާ އެކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ޑިއާޒް، މި ސީޒަން ނިމުމުން ވަކި ކަންތައްތަކެއް ހާސިލްކުރަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރެއިން އެއް ކަމަަކީ، ކޮންޓްރެކްޓްގައި ލިޔެފައިވާ "ލޭންގުއޭޖް ކްލޯސް" ފުރިހަމަ ކުރުމެވެ. އެ ކްލޯސްގައިވާ ގޮތުން، ހަފްތާ އަކީ 2-3 ސެޝަންގައި ބައިވެރިވެ، ފުރަތަމަ ސީޒަން ނިމުމުގެ ކުރިން ޑިއާޒް، ޖަރުމަނު ބަސް ދަސްކުރަން ޖެހެ އެވެ. އަދި، ފުރަތަމަ ސީޒަނަށް ފަހު، ދަސްވި މިންވަރު އިވެލުއޭޓްކުރާނެ އެވެ.

ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ބިލްޑުން ރިޕޯޓްކުރާ ގޮތުގައި، ޖަރުމަނު ބަސް ދަސްކުރުމުގައި ޑިއާޒަށް ކާމިޔާބުނުވެއްޖެނަމަ، ދެ ވަނަ ސީޒަނުން ފެށިގެން ކޮންމެ ހަފްތާގެ މުސާރައިން 5000-50،000 ޔޫރޯގެ ދެމެދުގެ އަދަދެއް ކެނޑޭނެ އެވެ.

ކުރިން ޕޯޓޯ އަށް ވެސް ކުޅުނު ޑިއާޒް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 33 މެޗުން 19 ލަނޑު ޖަހައި، 15 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.