Advertisement

ވިނީޝިއުސް މައްސަލައިގައި މޮރީނިއޯ އަށް ކޮމްޕެނީ ފާޑުކިޔައިފި

about 7 hours 0


ވިނީޝިއުސް މައްސަލައިގައި މޮރީނިއޯ އަށް ކޮމްޕެނީ ފާޑުކިޔައިފި

about 7 hours 0

މިއުނިކް (ފެބްރުއަރީ 21) - ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފް މެޗުގައި ބެންފީކާ އިން ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަށް ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި، ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ދިން އިންޓަވިއުގެ މައްސަލައިގައި އޭނާ އަށް ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ފާޑުކިޔައިފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ކުޅުނު ނޮކައުޓް ޕްލޭއޮފް މެޗުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، މެޗުގެ ތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކޮށްލިއިރު، މިއީ، ފާއިތުވި އަށް އަހަރު ތެރޭ، ވިނީޝިއުސް އަށް ކުރިމަތިވި ނަސްލީ ތަފާތު ކުރުމުގެ (ރޭސިޒަމްގެ) 20 ވަނަ މައްސަލަ އެވެ. މި މައްސަލައިގެ އެންމެ ބޮޑު ތަފާތަކީ، ޕްރެސްޓިއާނީގެ ފަރާތުން އެ އަމަލު ފެނުމާ އެކު، ވިނީޝިއުސް ވަނީ ޕްރޮޓޮކޯލްގައި އޮންނަގޮތަށް އަމަލުކުރުމަށްޓަކައި، މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

ބެންފީކާ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 50 ވަނަ މިނިޓްގައި ވިނީޝިއުސް އެވެ. މިއީ، ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ވިނީޝިއުސް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ. މި ލަނޑުގެ އުފާފާޅުކުރުމަށް ފަހު، ވިނީޝިއުސްއާ ދިމާލަށް ނަސްލީ ގޮތުން ދިމާކުރުމަށް ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ ބުނި އެއްޗެއްގެ ސަބަބުން މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާ އަށް އެކަން އަންގައި، ރެއާލްގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އެ ކަމާ ހުރެ 10 މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.

މެޗަށް ފަހު މޮރީނިއޯ ބުނެފައިވަނީ، ވިނީޝިއުސް އަށް ދިމާވި ހާލަތެއް ކުރިމަތިވުމުގައި ލަނޑު ޖެހުމަށް ފަހު، އޭނާ އުފާފާޅުކުރިއިރު، ގަސްދުގައި ސަޕޯޓަރުން ރުޅިއަރުވާލަން ކުރި ކަންކަން ހިމެނޭ ކަމަށެވެ. އަދި، މޮރީނިއޯ ވަނީ ބެންފީކާ އަކީ ރޭސިސްޓް ކްލަބެއް (ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ކްލަބެއް) ނޫން ކަމަށާއި އެ ކްލަބްގެ ލެެޖެންޑަކީ ވެސް އުސޭބިއޯ ފަަދަ، ކަޅު ނަސްލަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ކޮމްޕެނީ ބުނީ، ޓީމަކާ ހަވާލުވެ ހުރެ، ލީޑަޝިޕް ދައްކަން ޖެހޭ ފަދަ މަގާމެއްގައި ހުރެ މޮރީނިއޯ އަށް އެ ހެދުނީ ގޯހެއް ކަމަށެވެ. އަދި، އެއްވެސް ހާލަތެއްގައި ވިނީޝިއުސް އަށް ދިމާވި ހާލަތުގައި އޭނާ އަކީ ކުށްވެރިއެއްގެ ގޮތުގައި ދޭހަވާ މޭރުމުން ވާހަކަ ދެއްކުމަކީ، އެ ފަދަ ކަންކަމަށް ހިތްވަރު ލިބޭނެ ކަމެއްގެ ގޮތުގައި ކޮމްޕެނީ ވަނީ ފާހަގަކޮށްފަ އެވެ.

ދިހަ ވަރަަކަށް މިނިޓް ކޮމްޕެނީ ވަނީ މި ކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ، މޮރީނިއޯ، އުސޭބިއޯއާ އެކު، 1960 ގެ އަހަރުތަކުގައި ކޮންމެ މެޗެއްގައި ރަށުންބޭރުގައި މަސައްކަތްކޮށް، އެ ކަމުގެ ތަޖުރިބާގެ އަލީގައި ވާހަކަ ދެއްކުން ރަނގަޅު ކަަަމަށެވެ. އެކަމަކު، އެއީ އެ ފަަދަ ހާލަތެއްގެ ތަޖުރިބާ ނެތި، ހަމައެކަނި ވިނީޝިއުސް ލަނޑަށް ފަހު އުފާފާޅުކުރި ގޮތަށް ބަލައި، އަޅާކިޔުން ރަނގަޅު ކަމެއް ނޫން ކަމަށް ކޮމްޕެނީ ވަނީ ބުނެފަ އެވެ.

ރެސްޓިއާނީއާ ހަވާލާދީ ޕޯޗުގީސް އަދި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރާ ފަދަ އިބާރާތެއް ޕްރެސްޓިއާނީ ބޭނުމެއް ނުކުރާ ކަމަށެވެ. އަދި، ވިނީޝިއުސްއާ ދިމާލަށް ޕްރެސްޓިއާނީ ބުނެފައިވަނީ، "ރާމާމަކުނެކޭ" އެއް ނޫން ކަމަށާއި ބުނީ "ބްރަދާ" އޭ ކަމަށް ވެސް އެ ހަބަރުތަކުގަިއ ވަނީ ހިމަނައިފަ އެވެ.