Advertisement

އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕު ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

އެމްބިއުލާންސަށް ޖާގަ ނުދީ މަޑުކޮށްގެން އޮތް ޕިކަޕު: މި ޕިކަޕު މަޑުކޮށްގެން އޮތީ މުދާ ބާލަން --- މަސްދަރު: ސޯޝަލް މީޑިއާ


އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕު ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

މާލޭ އަލިކިލޭގެފާނު މަގުގައި އެމްބިއުލާންސަށް ޖާގަ ނުދީ މުދާ ބޭލުމަށް މަގު ބްލޮކްކުރި ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ އެމްބިއުލާންސަށް ޖާގަ ނުދީ މަގު ބްލޮކްކުރި ޕިކަޕް ޑްރައިވަރު ފުލުހަށް ހާޒިރުކޮށް 750ރ. އިން ޖޫރިމަނާ ވެސް ކުރި ކަމަށެވެ.

ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅުވާފައިވާ އެމްބިއުލާންސް ފަހަތުގައިއޮއްވަ އެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ބަލަން ފަށާއިވާ ކަމަށާއި ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވެސް ބުންޏެވެ.

މިނިސްޓްރީން މައްސަލައިގައި ބަސް ބުނާ ހިސާބަށް ދިޔައީ އެމްބިއުލާންސުތަކަށް ޖާގަ ނުދޭ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ. މި ފަހުން ވެސް އެމްބިއުލާންސަށް ޖާގަ ނުދީ ގިނަ ބަޔަކު ސައިކަލުތަކުގައި ދުއްވާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވި އެވެ.

އޭގެ އިތުރުން، އައްޑޫ ސިޓީގައި އެމަޖެންސީގައި ދަތުރުކުރި އެމްބިއުލާންސަށް ޖާގަ ނުދިނުމުގެ ސަބަބުން އެކްސިޑެންޓުވީ މައްސަލައައަކަށް ވެސް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ މީހުން ހޭލުންތެރި ކުރަން ކެމްޕެއިނެއް ވެސް ފަށާފަ އެވެ.