about 6 hours 0
މުހައްމަދު ޝަހްޒާން
މާލޭގައި ޕާކު ކޮށްފައި އޮތް ކާރެއް މީގެ ކުރިން ފުލުހުން ޓޯ ކުރަނީ -- ފޮޓޯ: ފުލުހުން
about 6 hours 0
މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯ ކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ގެޒެޓުކުރި އިއުލާނެއްގައި ބުނީ ގަވާއިދާ ހިލާފަށް މާލޭގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން އޭ ޒޯނު، ނޫން އެހެން ޒޯނުތަކަށް ނިސްބަތްވާ އުޅަނދުތައް ވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯ ކުރާނެ ކަމަށެވެ.
މާލޭގެ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި މާލެ ނޫން އެހެން ޒޯނުތަކުގެ އުޅަނދުތައް ހޯމަ ދުވަހުގެ ރޭ 11:30 ގެ ކުރިން ނެގުމަށް އެ އިއުލާނުގައި ފުލުހުން އަންގާފައިވެ އެވެ. އަދި އެ ތާރީހުގެ ފަހުން ޓޯ ކުރާ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތަށް ގެންދާ ގެންދިޔުމުގައި އަދި އެ ގެންދާ ތަނެއްގައި ބަހައްޓާފައި ހުންނައިރު، އުޅަނދަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އުޅަނދުތައް ޓޯ ކޮށްގެން ގެންގޮސް ބަހައްޓާ ތަނަކުން އެހެން ތަނަކަށް ބަދަލު ކުރުމަކީ އުޅަނދުގެ ވެރި ފަރާތުގެ ޒިންމާއެއް ކަމަށެވެ.
Comment