about 21 hours 0
ލީވާން އަލީ ނާސިރު
އަލީ ނާޖިހު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު: އޭނާގެ ބަންދަށް އިއްޔެ ހަތް ދުވަސް ވަނީ ޖަހާފައި -- ފޮޓޯ: ފުލުހުން
about 21 hours 0
ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް” އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ ބ. ކުޑަރިކިލު, އަލީ ނާޖިހު އަހްމަދު، 29، އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ދީފައިވާއިރު، ދެވަނަ ފަހަރަށް މުއްދަތު ޖަހަން އިއްޔެ ގެންދިޔުމުން ބަންދަށް ހަތް ދުވަސް ވަނީ ޖަހާފަ އެވެ.
މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ފުލުހުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
Comment