Advertisement

73 އަހަރު ތެރޭ ޔުވެންޓަސް ދަނޑުގައި ކޯމޯ އަށް ފުރަތަމަ މޮޅު

about 1 hour 0


73 އަހަރު ތެރޭ ޔުވެންޓަސް ދަނޑުގައި ކޯމޯ އަށް ފުރަތަމަ މޮޅު

about 1 hour 0

ޓިއުރިން (ފެބްރުއަރީ 21) - އިޓާލިއަން ލީގުގައި މިރޭ ކުޅުނު މެޗުން ޔުވެންޓަސް ދަނޑުގައި 2-0 އިން ކޯމޯ އިން މޮޅުވިއިރު، މިއީ ފާއިތުވި 73 އަހަރު ތެރޭ ކޯމޯ އަށް ލީގުގައި ޔުވެންޓަސް ދަނޑުގައި ލިބުނު ފުރަތަމަ މޮޅެވެ.

ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ކޯމޯ އިން މި ސީޒަނުގައި ދެ ފަހަރެއްގެ މަތިން ޔުވެންޓަސް ބަލިކުރިިއިރު، މިރޭގެ މޮޅާ އެކު މި ވަނީ 1952 ވަނަ އަހަރުގެ ފަހުން ލީގުގައި ޔުވެންޓަސް ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅުވެފަ އެެވެ. ޔުވެންޓަސް ދަނޑުގައި ލީގުގައި މި މެޗުގެ ކުރިން އެންމެ ފަހުން ކޯމޯ ކުޅުނު 23 މެޗުން ވެސް މޮޅެއް ނުލިބެ އެވެ.

މި ނަތީޖާއާ އެކު، ކޯމޯ އިން ވަނީ އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގެ ޖާގަ ހޯދުމުގެ ފުުރުސަތު ބޮޑުކޮށްފަ އެވެ. ހަ ވަނައިގައި އޮތް ކޯމޯ އިން ވަނީ ފަސް ވަނައިގައި އޮތް ޔުވެންޓަސްއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އަށް 26 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ކޯމޯ އަށް ވަނީ 26 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އޭސީ މިލާނާ އެއްވަރުކުރި ކޯމޯ އިން ޔުވެންޓަސް ދަނޑުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، އެ ޓީމުން ވަނީ 11 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ކޮސޯވޯ ގައުމީ ޓީމަށް ކުޅޭ މާގިމް ވޮޖްވޯޑާ ވާތުފައިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށް އަމާޒުވެފަ އެވެ. އަދި، ދެ ވަނަ ހާފުގައި، މެޗުގެ 61 ވަނަ މިނިޓްގައި މެކްސިމް ކަސްކޭރޭ ވަނީ ކޯމޯގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

ޔުވެންޓަސް އިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތް ކުރި މި މެޗުގައި ކޯމޯ އިން ވަނީ ޑިފެންސްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.