about 2 hours 0
about 2 hours 0
މެޑްރިޑް (މާޗް 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ކެޕްޓަން، ފެޑެރީކޯ ވަލްވޭޑޭގެ ހެޓްރިކުން 3-0 އިން ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، ސްޕޯޓިން ލިޒްބަން އަތުން 3-0 އިން މޮޅުވެ، ނޯވޭގެ ބޯޑޯ/ގިލްމް އިން މުބާރާތުގައި އެ ޓީމުގެ މޮޅުވުމުގެ ސިިލްސިލާ ދަމަހައްޓައިފި އެވެ.
ސިޓީން މިދިޔަ ޑިސެމްބަރު މަހު ރެއާލް ދަނޑުގައި މޮޅުވި ނަމަވެސް ރޭގެ މެޗުގައި، ރެއާލުން އެ ފުރުސަތު ނުދިނެވެ. ރެއާލުން މެޗުގައި ޖެހި ތިން ލަނޑު ވެސް ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ތަފާތު ކުޅުމެއް ދެއްކި ވަލްވޭޑޭ އެވެ.
އެ ގޮތުން، ވަލްވޭޑޭ، އޭނާގެ ފުރަތަމަ ލަނޑު ޖެހީ 20 ވަނަ މިނިޓްގައި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ނަގައިދިން ބޯޅައަކުންނެވެ. ސިޓީގެ ނިކޯ އޯރައިލީ ބޯމަތިން އައި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ވަލްވޭޑޭ ވަނީ ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ކައިރިން ނައްޓާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ހަތް މިިނިޓް ފަހުން، ސިޓީގެ ރުބެން ޑިއާޒް ފައިގައި ޖެހިފައި އެ ޓީމުގެ އޭރިއާތެރެއިން ލިބުނު ބޯޅަ ވަލްވޭޑޭ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި، ބްރަހިމް ޑިއާޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ވަލްވޭޑޭ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ވަލްވޭޑޭ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އިނގިރޭސި ޓީމެއް ކޮޅަށް ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ހެޓްރިކެއް ހެދި ދެ ވަނަ ކުޅުންްތެރިޔާ އެވެ. މީގެ ކުރިން، 2010 ވަނަ އަހަރު ބާސެލޯނާ އަށް ކުޅެމުން ލިއޮނަލް މެސީ ވަނީ އާސެނަލް ކޮޅަށް ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ.
އަންނަ ހަފްތާގައި ސިޓީން އަމިއްލަ ދަނޑުގައި ތިން ގޯލަށް ވުރެން ބޮޑު ފަރަގަކުން ނޫން ގޮތަކަށް ރެއާލް ބަލިކޮށްގެން ކުއާޓާގެ ފުރުސަތެއް ނުލިބޭނެ އެވެ.
ތިރީސް ހަ އަހަރަށް ފަހު ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ނޮކައުޓްގައި ފެނިގެންދާ ނޯވޭގެ ފުރަތަމަ ކްލަބް، ބޯޑޯ/ގިލްމްޓް އިން ރޭ ސްޕޯޓިން އަތުން މޮޅުވިއިރު ވެސް އެ ޓީމުގެ ރަނގަޅު ކުޅުން ވަނީ ދައްކައިފަ އެވެ. ސޮންޑްރޭ ފެޓްގެ ޕެނަލްޓީ އާއި އޮލެ ބްލޮމްބާގްގެ ލަނޑުތަކުން ފުރަަތަމަ ހާފުގައި ބޯޑޯ އިން ކޮންޓްރޯލް ނެގި އެވެ. އަދި، މެޗު ނިމެން 19 މިނިޓަށް ވެފައި ވަނިކޮށް، ކެސްޕާ ހޮގް ވަނީ ބޯޑޯގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
މިއީ، މި ފަހަރު ޗެމްޕިއަންސް ލީގުގައި ބޯޑޯ އިން ޖެހިޖެހިގެން ހޯދި ފަސް ވަނަ މޮޅެވެ. އެ ޓީމުން މި މެޗުގެ ކުރިން ވަނީ، މި ފަަހަރުގެ މުބާރާތުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން، އިންޓަ މިލާން އަތުން ދެ މެޗުން މޮޅުވެފަ އެވެ.
Comment