18 ފެބުރުވަރީ 2026 - 16:04 0
ލީވާން އަލީ ނާސިރު
18 ފެބުރުވަރީ 2026 - 16:04 0
ކޮންމެ އަހަރެއްގެ ރޯދަ މަހު ލިޓަސް އިން ކުރިއަށްގެންދާ "ފަތިސް ޗެލެންޖް" މިއަދު ފަށައިފި އެވެ.
ދީނީ މައުލޫމާތު އިތުރުކުރުމާއި ފަތިސް ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދާ މި ޗެލެންޖުގައި މި އަހަރުވެސް ހިމަނާފައިވަނީ ފައިސާގެ އިނާމެވެ.
މި ޗެލެންޖުގެ ސުވާލުތައް ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ފަތިހު 5:00 ޖަހާއިރު ލިޓަސްގެ ފޭސްބުކް ޕޭޖުން ޕޯސްޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ސުވާލުތަކަށް ޖަވާބު ލިބުމަށް ފުރުސަތު ލިބޭނީ ފަތިހު 5:00 އާއި 6:00 އާ ދެމެދުކަން ފާހަގަކޮށް ލިޓަސް އިން ބުނީ ޕޯސްޓަށް ޖަވާބު ހިމެނޭ ނަންބަރު ކޮމެންޓު ކުރެވިދާނެ ކަމަށެވެ. އޭގެއިތުރުން ކޮންމެ ބައިވެރިއަކަށް ކޮމެންޓް ކުރެވޭނީ އެއް ފަހަރު ކަމަށް ލިޓަސް އިން ބުންޏެވެ.
މި ޗެލެންޖުގައި ވަނަވަނައަށް ދާނީ އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ރަނގަޅު ކުރާ މީހުންނެވެ. އެކަކަށްވުރެ ގިނަ މީހުން ސުވާލުތަކުގެ ޖަވާބު ރަނގަޅުކުރާނަމަ ވަނަ ހޮވާނީ ގުރު ލައިގެންނެވެ.
އެއްވަނައަށް ޖުމްލަ 7،000ރ. ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް ދިނުމަށް ހަމަޖެހިފައިވަނީ 5،000ރ. އެވެ. އަދި ތިންވަނައަށް ދިނުމަށް ހަމަޖެހިފައިވަނީ 3،000ރ. ކަން ފާހަގަކުރެވެ އެވެ.
Comment