Advertisement

ރޯދައާ ދިމާކޮށް ބެންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުވަރީ 2026 - 14:09 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބޮޑުތަކުރުފާނު މަގުން ވެހިކަލްތަކެއް ދުއްވާފައި ދާއިރު މަރުކަޒީ ބޭންކުގެ ރަސްމީ އިދާރާ ފަހަތުގައި. ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުރީ 300 މިލިއަނުން މަތީގައި --- ފޮޓޯ: އަދަދު ފައިލް


ރޯދައާ ދިމާކޮށް ބެންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުވަރީ 2026 - 14:09 0

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އާންމު އުސޫލުތަކުގެ ދަށުން ބޭންކުތަކަށް ވިއްކާ ޑޮލަރަށް ވުރެ 32 ޕަސެންޓު އިތުރަށް އިއްޔެ އިން ފެށިގެން ވިއްކަމުންދާ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެ އެވެ.

"މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް،" އެމްއެމްއޭއިން ބުނެ އެވެ.

އެ މިންވަރަށް ޑޮލަރު ދޫކުރާނީ ރޯދަ މަހުގެ ފުރަތަމަ ތިން ހަފުތާ އެވެ. މި ކަމުގެ ސަބަބުން ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ދިވެހި ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

ރޯދަ މަހަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ މަހެވެ. ހާއްސަކޮށް ކާބޯތަކެތި އިތުރުކުރާ މިންވަރު ކޮންމެ ރޯދަ މަހެއްގައި ވެސް ބޮޑުތަނުން އިތުރުވެ އެވެ.