16 ފެބުރުވަރީ 2026 - 22:28 1
ރައީސް މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުގައި، އަރިހުގައި ފޮރިން މިނިސްޓަރު ހަލީލު: ދިވެހި ސަރުކާރާ އެކީ ސޮއިކުރި
16 ފެބުރުވަރީ 2026 - 22:28 1
ހާރިޖީ ދާއިރާއިން ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދޭން ރާއްޖެ އާއި އެސްޓޯނިއާ އާ ދެމެދު ސޮއިކުރި އެމްއޯޔޫ ހޯދަން ދިވެއްސަކު އެސްޓޯނިއާ ސަރުކާރަަށް ހުށަހެޅުމުން، އެ ގައުމުން އެ ލިޔުން ހާމަކޮށްފި އެވެ.
އިނގިރޭސި ވިލާތުގައި ޕީއެޗްޑީއަށް ކިޔަވަމުންދާ އަބްދުﷲ ޝަހީދު އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވާ ގޮތުގައި، އެސްޓޯނިއާ ސަރުކާރުން އޭނާއާ މި އެމްއޯޔޫ ހިއްސާކުރީ އެ މައުލޫމާތު ހޯދަން އޭނާ އާރުޓީއައިއެއް ހުށަހެޅުމުންނެވެ. އޭނާ ވަނީ އެމްއޯޔޫގެ ކޮޕީ ވެސް އެ ޕޯސްޓާ އެކީ ހިއްސާކޮށްފަ އެވެ.
އެސްޓޯނިއާ ސަރުކާރުން މި އާރުޓީއައިއަށް ޖަވާބު ދިންއިރު ހިއްސާކޮށްފައި ވަނީ އެމްއޯޔޫގެ އަސްލުގެ ނަކަލެކެވެ. އެމްއޯޔޫގެ އެއްވެސް އިބާރާތެއް ނުފެންނަ ގޮތަށް، ކަނޑާފައި ނެތެވެ.
އާރުޓީއައި ހުށަހެޅި މީހާ ވަނީ އެމްއޯޔޫ ހާމަކުރުމުން އެސްޓޯނިއާއަށް ތައުރީފުކޮށް، މުސްތަގުބަލުގައި ރާއްޖެ ވެސް މި ހިސާބަށް ދާން އެދޭ ކަމަށް ބުނެފަ އެވެ.
މިއީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖެނުއަރީގައި އެސްޓޯނިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ހާރިޖީ ވުޒާރާ އާއި ރާއްޖޭގެ ހާރިޖީ ވުޒާރައާ ދެމެދު ސޮއިކުރި ފަހުމުނާމާއެކެވެ. މި ފަހުމުނާމާގައި މައިގަނޑު ގޮތެއްގައި އޮތީ ދެ ގައުމަށް އެއްބަސްވެވޭ ކަންކަމުގައި އެއްބާރުލުން ދިނުމަށެވެ.
އެސްޓޯނިއާ ސަރުކާރުން ދިވެއްސަކަށް މި ލިޔުން ދިންއިރު، އެއްވެސް ގައުމަކާ އެކީ ސޮއިކުރާ އެއްވެސް އެއްބަސްވުމެއް މުއިއްޒުގެ ސަރުކާރުން ހާމަކޮށްފައެއް ނެތެވެ.
މިފަދަ ލިޔުމެއް ހޯދަން އާރުޓީއައިއެއް ހުށަހަޅާ ފަހަރެއްގައި ސަރުކާރުން ވަނީ އާރުޓީއައި ގާނޫނުގައި މައުލޫމާތު ހާމަނުކުރެވޭ ގޮތަށް އޮންނަ ހާލަތެއް ދައްކާފައި، އެއްބަސްވުންތައް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.
އަދުގެ ސަރުކާރުން ވަނީ ވެރިކަމަށް އައުމުގެ ކުރިން ހާމަކުރާނެ ކަމަށް ބުނި އެއްބަސްވުންތައް ހާމަކުރަން ވެސް ދެކޮޅު ހަދާފަ އެވެ.
Comment