Advertisement

އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް ދައުލަތުގެ މިލްކަކަށް ހަދަނީ

16 ފެބުރުވަރީ 2026 - 07:21 0

އިޒްރޭލު ސިފައިން


އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް ދައުލަތުގެ މިލްކަކަށް ހަދަނީ

16 ފެބުރުވަރީ 2026 - 07:21 0

ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން 1967 ވަނަ އަހަރު ވެރިވެގަތް ފަހުން ފުރަތަމަ ފަހަރަށް، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް ޔަހޫދީ "ދައުލަތުގެ މިލްކެއް" ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހުށަހެޅުމެއް އެ ގައުމުގެ ސަރުކާރުން ފާސްކޮށްފިއެވެ.

އިޒްރޭލްގެ ރަސްމީ ބްރޯޑްކާސްޓަރު "ކާން" އިން ރިޕޯޓްކުރި ގޮތުގައި، މި ހުށަހެޅުމަކީ އެ ގައުމުގެ ހަރުކަށި ފިނޭންސް މިނިސްޓަރު ބެޒަލް ސްމޮޓްރިޗް އާއި، ޖަސްޓިސް މިނިސްޓަރު ޔަރިވް ލެވިންގެ އިތުރުން ޑިފެންސް މިނިސްޓަރު ކާޓްޒް ހުށަހެޅުއްވި ހުށަހެޅުމެކެވެ.

މި ނިންމުމާ ގުޅޭ ގޮތުން ސްމޮޓްރިޗް ބުނީ މިއީ ހުރިހާ ބިމެއްގެ ކޮންޓްރޯލް ހޯދުމަށް ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން، އިސްތިއުމާރު ކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަކީ ނުވަތަ އެ ބިންތަކުގައި މީހުން އާބާދުކުރުމަކީ މަނާކަމެކެވެ. ނަމަވެސް އިޒްރޭލުން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނުގެ ގިނަ ބިންތަކަކީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައި ނުވާ ބިންތަކަކަށް ވުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ

މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ބުނީ މިއީ ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު، މަސްލަހަތު ގޯސްވާނެ "ސީރިއަސް" ފިޔަވަޅެއް ކަމަށެވެ. ހަމާސް އިން ވަނީ މިއީ ފަލަސްތީނުގެ ބިންތައް ޔަހޫދީކުރުމަށް ހިންގާ ބާތިލް އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

އުރުދުން، ގަތަރު އަދި މިސްރުގެ ފޮރިން މިނިސްޓްރީތަކުން ވަނީ ވަކިވަކިން ބަޔާންތައް ނެރެ، އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި ހަތަރު ވަނަ ޖެނީވާ ކޮންވެންޝަނާ ހިލާފު އަމަލެއް ކަމަށް ބުނެފައެވެ.