12 ފެބުރުވަރީ 2026 - 11:24 0
ލީވާން އަލީ ނާސިރު
12 ފެބުރުވަރީ 2026 - 11:24 0
ރޯދަ މަހާ ދިމާކޮށް މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދާތައް ކްލިއާ ނުކުރެވި ދަތިތަކެއް ދިމާވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ރޯދަ މަހާ ދިމާކޮށް ރާއްޖެ ގެނެސްފައިވާ ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް ކްލިނިއާ ނުކުރެވި ވަނީ ތާށިވެފަ އެވެ.
މުދާތައް ކްލިއާ ނުކުރެވި ތަށީވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތައް ދިމާވަމުންދާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖެ ގެންނަ މުދާތައް ކްލިއާ ނުކުރެވި ދިގުލައިގެންދާއިރު، އެމްޕީއެލްއިން ބުނީ އެ މައްސަލަ ދިމާވަނީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.
ރާއްޖެ ގެނެސްފައިވާ މުދާތައް ހިމެނޭ 1،000 އަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއާ ނުކުރެވި ހުރިކަމަށް އެމްޕީއެލްއިން ޖެނުއަރީ 12، ގައި ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގެ ކެޕޭސިޓީއަކީ 2،750 ކޮންޓޭނަރެވެ. ނަމަވެސް އެއަށްވުރެ އިތުރަށް އެ ބަނދަރުތަކުގައި ކޮންޓެއިނަރުތައް ބަހައްޓަ އެވެ.
މާލޭގައި މިހާރު ހިންގަމުންދާ ވިޔަފާރި ބަނދަރު 2027 ވަނަ އަހަރު ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށް މި މަހު 5، ގައި އިއްވި ރިޔާސީ ބަޔާނުގައި މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
Comment