Advertisement

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދީގެން އައްޑޫ އައިޓީ ހަބަކަށް ހަދަނީ

އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓު. އައްޑޫގައި އިންވެސްޓު ކުރަން ހާއްސަ ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައި ---


ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދީގެން އައްޑޫ އައިޓީ ހަބަކަށް ހަދަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދީގެން އައްޑޫ ސިޓީއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

އެންމެ ފުރަތަމަ ހުޅުވާލުމަށް ނިންމި ސަރަހައްދަކީ އައްޑޫ އަތޮޅު ކަމަށާއި އެ ސަރަހައްދަކީ އައިޓީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މުއިއްޒު އިއުލާން ކުރެއްވީ މިހާރު ދެމުން އަންނަ ރިޔާސީ ބަޔާނުގަ އެވެ.

"މި ގޮތުން ބިމު ކުއްޔާއި، އިންކަމް ޓެކްސް، ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާ ގޮތަށް ހަމަޖެއްސުމާއި އެހެނިހެން އިންސެންޓިވުތައް ހިމެނޭ،" މުއިއްޒު ހާމަކުރެއްވި އެވެ.

އެކަން ތަންފީޒު ކުރަން ފަށަން ނިންމާފައިވަނީ ޖެނުއަރީ 1، 2017 އިން ފެށިގެންނެވެ.

"ތިން އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓު ކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަހައްދެއް ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން އިއުލާން ކުރަން. މިކަން ތަންފީޒު ކުރުމަށް ގާނޫނީ، އިދާރީ އަދި ފަންނީ ގޮތުން މަގުފަހިކޮށްދޭން ޖެހޭ ކަންކަން މި އަހަރު ތެރޭ ހަމަޖައްސާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ ސަބަބުން އައްޑޫ ސިޓީގައި އެތަކެއް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި އެއީ މުޅި ރާއްޖެއަށް ވެސް އިގުތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ފުރުސަތުގެ ބޭނުންކޮށް އައްޑޫ އަތޮޅަކީ ދިވެހި ރާއްޖޭގެ އައިޓީ ހަބަށް ހެދުމަށް ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް ދައުވަތު ދެން."

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިފަދަ ލުއިތަކެއް ދޭން ނިންމީ ރާއްޖޭގެ އިގުތިސޯދު އެހެން ހަރުފަތަކަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި މުއިއްޒު މިކަން އިއުލާން ކުރެއްވިއިރު ދުނިޔޭގެ ބިޔަ މަލްޓިނޭޝަނަލް އަދި އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލްފަބެޓުގެ ގޫގުލްއިން ވަނީ އައްޑޫއަށް ސަބްމެރިން ކޭބަލެއް ލޭންޑުކުރުމަށް ނިންމާފަ އެވެ.

ގޫގުލްއިން މި އިންވެސްޓުމަންޓު ކުރަނީ ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫއާ ބައިވެގެންނެވެ.