about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ޕެންޝަން ފަންޑާ ކުޅުމަކީ ބޮޑު ގޯހެއް ކަމަށާއި އިގްތިސާދީ ގޮތުން ގައުމު މިދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ޕެންޝަނުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަންގެ ބޯޑުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ކޮންމެ މަހަކު ޕެނޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްޓު ކުރުމަށް ކަމަށެވެ.
"ކޮންމެ މަހަކު ވެސް ޕެނޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްތުކުރަން. ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރެންޓް ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ޕެންޝަން އޮފީސް އުފެއްދީ ވަޒީފާ އަދާކުރާ މީހުންގެ މުސާރައިގެ 14 ޕަސަންޓު ފަންޑަށް ޖަމާކުރަންކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެ 14 ޕަސަންޓުގެ ތެރެއިން ހަތް ޕަސަންޓަކީ ވަޒީފާ އަދާކުރާ މީހާ ދޭ ބަޔަށްވާއިރު، އަނެއް ހަތް ޕަސަންޓަކީ ވަޒީފާ ދޭ މީހާ ދޭ ޕަސެންޓެއް ކަމަށެވެ.
ޕެންޝަން ފަންޑެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ޕެންޝަނަށް ޖަމާކުރާ ފައިސާ ރައްކާކޮށް ދޮށީ އުމުރުގައި ޕެންޝަންގެ ގޮތުގައި ފައިސާ ދިނުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އިއްޔެގެ ވަގުތެއްގައި މިިކަން ފާސްކޮށްފަ އެވެ. އެ ބޯޑުން މިކަން ކުރީ، ވަގުތީ ޗެއާމަނަކު އައްޔަނުކޮށްގެންނެވެ. މި ނޫހުން ކުރި މަސައްކަތުން ވަގުތީ ޗެއާމަނަކަށް އައްޔަނުކުރީ ކާކުކަން ކަށަވަރުކުރެވޭ ގޮތެއް ނުވި އެވެ.
ޕެންޝަން އޮފީހުން މި މުއާމަލާތަށް ފައިސާ ހޯދަނީ ހިންގަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް، އެމްއެމްއޭއަށް ވިއްކާލައިގެންނެވެ. އެމްއެމްއޭއިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރަނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment