Advertisement

ކައުންސިލް އިންތިހާބަށް އީފާސް ބޭނުންކުރާ މައްސަލައިގައި ޔާމީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް


ކައުންސިލް އިންތިހާބަށް އީފާސް ބޭނުންކުރާ މައްސަލައިގައި ޔާމީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރަން ހަމައެކަނި އީފާސް ބޭނުންކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ޕާޓީ އިން ހުށަހެޅި އިންތިހާބީ ޝަކުވާ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ވެއްދީ ގާނޫނީ ވަކީލު އާދަމް އާސިފް އެވެ. އެ މައްސަލަ ޕީއެންއެފްއިން ކޯޓަށް ވެއްދީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން އީފާސް މެދުވެރިކޮށް 50 މީހުންގެ ތާއީދު ހޯދަން ޖެހޭތީ އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ގާނޫނީ އުސޫލުތަކުގެ އަލީގައި އެފަދަ ޝަރުތެއް ކުރުން ގާނޫނާ ހިލާފު ކަމަށް ބުނެދެވިފައި ނުވާތީ ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ސޮއިކުރި ނިންމުމުގައި ބުނެފައިވެ އެވެ.

"ހައި ކޯޓުން މައްސަލަ ބަލައި ނުގަނެ މުއްދަތު ފަހަނަޅާ ދާންދެން ތިބީ ކީއްވެ؟ މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުމުން ފެންނަން އޮތީ ބޮޑު ޖަޖްމަންޓެއް ގޮތަށް. ދެފަރާތުގެ ވާހަކަތައް އަޑުނާހާ ކޮންތަނަކުން ނެރުނު ހާސަރުތަކެއްތޯ؟ ހައި ކޯޓުތޯ މިކަމުގައި އީސީގެ ވަކީލަކީ؟،" އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަންޖެހޭ 50 ސޮއި، އެ ސޮއި ދޭ ފަރާތުން އަމިއްލައަށް އީ-ފާސް މެދުވެރިކޮށް ލޮގިންވެ "ވެރިފައި" ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންއެފް އިން ބުނެފައިވެ އެވެ.