about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓު (ރެފެރަންޑަމް) އާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޕީއެންއެފް އިން ބުނީ މާދަމާ ރޭ 20:30 ގައި ފެށުމަށް ތައްޔާރުވަމުންދާ މި ޖަލްސާއަކީ ރެފެރެންޑަމްއާ މެދު ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކާއި، ގައުމުގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ސަޕޯޓަރުންނަށް މުހިންމު މެސެޖުތަކެއް ދެއްވުމަށް ބާއްވާ ހަރަކާތެކެވެ.
މިއީ ޔާމީންގެ ޖަލްސާތައް ރޯދައަށް މެދުކަނޑާލުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާ އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ރެފެރެންޑަމްއަކީ މުހައްމަދު މުއިއްޒުއަށް އެގޮތަށް ފެނިވަޑައިގަންނަވާތީ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީއަށް ގެނައި ބަދަލު ތަސްދީގު ކުރުމަށް ފެންނަތޯ ބެލުމަށް ނަގާ ވޯޓެކެވެ.
ރެފެރެންޑަމް ވޯޓަށް ޕީއެންއެފްގެ ސަޕޯޓަރުން ދަނީ ނޫނެކޭ ބުނަމުންނެވެ. އެގޮތުން ޕީއެންއެފްގެ ސްޓޭންޑަކީވެސް އެ ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނުމެވެ.
ރެފެރެންޑަމް ވޯޓު އަންނަ އެޕްރީލް 4، ގައި ބާއްވާއިރު، ހަމަ އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ކުރިއަށް ގެންދަން އޮތީ ރާވާފަ އެވެ.
Comment