about 2 hours 0
ލީވާން އަލީ ނާސިރު
މީގެ ކުރިން ބޭއްވި އޭލެވެލް އިމްތިހާނަކަށް ދަރިވަރަކު ދަނީ: އަމިއްލަގޮތުން އޭ ލެވެލް އެޑެކްސެލް މެއި/ޖޫން އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލަން ވަނީ ހަމަޖެހިފައި -- ފޮޓޯ: އަދަދު
about 2 hours 0
އަމިއްލަ ގޮތުން އޭ ލެވެލް އެޑެކްސެލް މެއި/ޖޫން އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރުން ފެށިގެން ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމިއްލަ ގޮތުން އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް, މި އަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މެއި/ޖޫން ސީރީސްގެ އިމްތިހާނުތައް އަލުން ބާއްވަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެޑެކްސެލް މެއި/ޖޫން ސީރީސް ރާއްޖޭގައި އަލުން ފެށިޔަސް، ސްކޫލް ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭ އެއްގޮރތަށް އޮންނާނީ އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ރާއްޖޭގައި ހަތް އަހަރު ކުރިން އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިހާނު ދިނުން ހުއްޓާލުމާ ގުޅިގެން އިމްތިހާނު ހެދުމަށް ބޭނުންވާނަމަ ދާންޖެހެނީ ރާއްޖެއިން ބޭރަށްކަން އެޑިއުކޭޝަނުން ފާހަގަކުރި އެވެ.
މިގޮތުން އެޑިއުކޭޝަނުން ބުނީ ރާއްޖެއިން ބޭރުން އިމްތިހާނު ހަދާނަމަ އެވްރެޖުކޮށް 30،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ކުރިން ބާއްވާ ތާރީހުގައި އިމްތިހާނު ބާއްވަން ނިންމީ އެ ސަބަބާ ހުރެ ކަމަށެވެ.
އެޑެކްސެލް މޭ/ޖޫން ސީރީސްއާ ގުޅޭ އިތުރު މައުލޫމާތު އަންނަ ބުދަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމު ކުރަމުންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
Comment