Advertisement

އޭ ލެވެލް އިމްތިހާނުން ވަނަތަކަށް އައި ދަރިވަރުންނަށް އިނާމު ދީފި

12 ސެޕްޓެންބަރު 2024 - 21:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަތީ އަރުތަވެރިންގެ އިނާމު ހާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުން -- ފޮޓޯ: ރައީސް އޮފީސް


އޭ ލެވެލް އިމްތިހާނުން ވަނަތަކަށް އައި ދަރިވަރުންނަށް އިނާމު ދީފި

12 ސެޕްޓެންބަރު 2024 - 21:41 0

އޭ ލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ އިނާމުތައް ދިނުމުގެ ޖަލްސާ މިއަދު ބާއްވައިފި އެވެ.

ތިން ދަންފަޅިއަކަށް ބަހާލައިގެން މިއަދު ކުރިއަށް ގެންދިޔައީ 2022 އަދި 2023 ވަނަ އަހަރުގެ އިމްތިހާނުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ އެވެ.

އޭ ލެވެލް އިމްތިހާނުން މުޅި ދުނިޔެއިން އެއް ވަނައަށް ދިޔަ ދަރިވަރުން އަދި ރާއްޖެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފަ އެވެ. ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އޭ ލެވެލް އިމްތިހާނުގައި ދެ އަހަރު ތެރޭ ދިވެހިރާއްޖޭގެ 3،268 ދަރިވަރުން ފުރިހަމަ ކުރި އެވެ. އޭގެ ތެރެއިން 376 ދަރިވަރުން ގައުމީ ގަދަ 10 ގައި ވަނީ ހިމެނިފަ އެވެ.

މުޅި ރާއްޖެއިން އެންމެ ގަދަ 10 ގެ އެއްވަނަ 17 ދަރިވަރަކު ހާސިލުކުރިއިރު ވަކިވަކި މާއްދާތަކުން ނުވަ ދަރިވަރަކު ވަނީ ދުނިޔެއިން އެއްވަނަ ހޯދާފަ އެވެ.

އޭގެއިތުރުން ތިން އޭ ސްޓާ ހޯދައިގެން "އޭލެވެލް ސެޓްފިކެޓް އޮފް އެކްސެލެންސް" 27 ދަރިވަރަކު ހާސިލުކުރި އެވެ.

އޯލެވެލް އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރުންނާއެކު ޖުމްލަ 441 ދަރިވަރަކަށް އިނާމު ދިނެވެ.