Advertisement

އެޗްއެސްސީ ޕޭޕަރު ލީކެއް ނުވޭ، ކޮންޓެންޓުގައި މައްސަލައެއް ވެސް ނެތް: މިނިސްޓަރު

29 ސެޕްޓެންބަރު 2025 - 18:07 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު: އިމްތިހާނުގެ އެއްވެސް ސުވާލެއް ލީކުވެފައި ނުވާއިރު، އިންޓަގްރިޓީއާމެދު ވެސް ސުވާލު އުފެދޭ ކަމެއް ދިމާ ނުވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އެޗްއެސްސީ ޕޭޕަރު ލީކެއް ނުވޭ، ކޮންޓެންޓުގައި މައްސަލައެއް ވެސް ނެތް: މިނިސްޓަރު

29 ސެޕްޓެންބަރު 2025 - 18:07 1

ހަޔާ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް (އެޗްއެސްސީ) ގައި މިދިޔަ ހޮނިހިރު ދުވަހު ހެދި އިމްތިހާނުގެ ދިވެހި ޕޭޕަރު ލީކު ނުވާ ކަމަށާއި އެ ޕޭޕަރުގައި ހުރި ކޮންޓެންޓުގައި ވެސް މައްސަލައެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ގްރޭޑް 11 ގެ އޭ ލެވެލްގެ ދިވެހި އިމްތިހާނުގެ ޕޭޕަރާއި ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ޝަފީއު ވިދާޅުވީ އިމްތިހާނުގެ އެއްވެސް ސުވާލެއް ލީކުވެފައި ނުވާއިރު، އިންޓަގްރިޓީއާމެދު ވެސް ސުވާލު އުފެދޭ ކަމެއް ދިމާ ނުވާ ކަމަށެވެ.

އިމްތިހާނުގައި ހިމެނޭ ދޭހަ 2 އަށް އަބަދުވެސް ކޮންޓެންޓުތައް ނަގަނީ ފޮތްތަކުންކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ އެ އިމްތިހާނުގައި ވެސް ދޭހައަށް ކޮންޓެންޓު ނެގީ ފޮތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑު ޕޭޕަރުތައް ބަލާލައިފިން. ޕޭޕަރުތައް ބަލާލިއިރުގައި ޕޭޕަރުގެ ސުވާލެއް ލީކުވެފައެއް ނެތް އެނގޭތޯ. އިންޓަގްރިޓީއެއް ވެސް ކޮމްޕްރޮމޮއިޒްވެފައެެއް ނެތް. ދޭހަ 2 އަކީ އެއީ އަބަދުވެސް ފޮތްތަކުން ނަގައިގެން ދޭ ދޭހައެއް. އެގޮތުން މިފަހަރު ޗޫޒްކުރި މަޒުމޫނު އެބަހުރި ކޮންމެވެސް ވަރަކަށް ސްކޫލްތަކުގައި ދެވިފައި،" ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އިމްތިހާނު ޕޭޕަރަކީ ސީއެޗްއެސްސީގެ ޓީޗަރަކު ތައްޔާރުކުރި އިމްތިހާނެއް ނޫން ކަމަށާއި އެއީ އެގްޒަމިނާ ތައްޔާރުކޮށްފައިވާ ޕޭޕަރެއް ކަމަށެވެ.

އޭގެއިތުރުން ދޭހައިގެ ކޮންޓެންޓުގައި ވެސް ކަންބޮޑުވާންޖެހޭ މައްސަލައެއް ހުރިކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގައި ނެތް މާ ބޮޑު ކޮންޓެންޓް އިޝޫއެއް އަސްލުގައި. އެއީ މީހަކު ލިޔެފައި އޮތް ދޭހައެއް. އަނެއްކާ މީގައި ކަންބޮޑުވުމަކަށް ބައެއް މީހުން ފާހަގަކުރަނީ ސީއެޗްއެސްސީ ޓީޗަރަކު ހެދި ޕޭޕަރެކޭ. ދޮގެއް އެއީ. އެއީ އިންޓާނަލީ އަޅުގަނޑުމެންގެ އެގްޒަމިނާ ހަދާފައި އޮތް ޕޭޕަރެއް،" ޝަފީއު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކުރީ ދިވެހި ޓެސްޓު ޕޭޕަރުގައި ހިމެނޭ ދޭހައަކީ ކުރިން އެހެން އިިމްތިހާނެއްގައި ވެސް ދިން ދޭހައެއް ކަމަށެވެ. އެގޮތުން އޭގައި ހުރި ގިނަ ސުވާލުތަކެއް ޕޭޕަރުގައި ހުރި ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ.

އޭގެއިތުރުން އެ ޕޭޕަރުގެ ކޮންޓެންޓުގައި ގްރޭޑް 11 ގައި ކިޔަވަމުންދާ ކުދިންނާ ނުގުޅޭ ވާހަކަތަކެއް ހިމެނިފައިވާ ކަމަށް ބުނެ ވެސް އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.