about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދެ މަސް ބޯޓު ހިފެހެއްޓީ އެމްއެންޑީއެފް ކޯސްގާޑާއި، އެމްއެންޑީއެފް އެއާކޯއިން ހިންގި ސަވައިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ދެ ބޯޓު އެމްއެންޑީއެފްއިން އަތުލައިގަތީ އިއްޔެ މެންދުރު 14:02 ހާއިރު، ހއ. ކެލާގެ 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ދެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅޭ ލަންކާގެ މަސްބޯޓުތައް ދޭތެރެ ދޭތެރެއިން އެމްއެންޑީއެފްއިން އަތުލައިގަނެ އެވެ. އޭގެ ތެރެއިން ބައެއް ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ވަންނަނީ މަސްތުވާތަކެތި ހިފައިގެންނެވެ.
މިގޮތުން މިދިޔަ އަހަރު އެމްއެންޑީއެފް އިން އަތުލައިގަތް ބައެއް ބޯޓުތަކުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން ފާހަގަކޮށްލެވެ އެވެ.
Comment