އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެ
އިރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
އިއްޔެ ކުރެއްވި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހުޅަނގު ހަނގުރާމަ ގޯސްވުމުގެ ސަބަބުން ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމާއި، އޭގެ ސަބަބުން ހަކަތައިގެ ރައްކާތެރިކަމަށް ކުރިމަތިވަމުންދާ ހުރަސްތަކަށެވެ.
ހަބަރުތައް ބުނާ ގޮތުން، މި ހާލަތާ ގުޅިގެން ސްރީލަންކާއަށް ބޭނުންވާ އިތުރު ތެޔޮ ފޯރުކޮށްދިނުމަށް އެ ގައުމުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. އަދި ރާއްޖެއިން ވެސް އިންޑިއާގައި އެހީއަށް އެދިފައިވެ އެވެ.
ބޮޑުވަޒީރު މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ކުރިއެރުން ދެ ބޭފުޅުން މުރާޖައާ ކުރެއްވި ކަމަށެވެ. އަދި ސަރަހައްދީ ރައްކާތެރިކަން ވަރުގަދަ ކުރުމަށްޓަކައި "ފުރަތަމަ އަވަށްޓެރިން"ގެ ސިޔާސަތުގެ ދަށުން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިސަނަޔަކެ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މުދާ އުފުލުމުގެ ނިޒާމަށާއި އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުން މުހިންމެވެ.
މި ފޯނު ކޯލަކީ ބޮޑުވަޒީރު މޯދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރެއްވުމަށްފަހު، ސަރަހައްދީ ބައިވެރިންނާއެކު ބޭއްވި ސިލްސިލާ މަޝްވަރާތަކުގެ ބައެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރާއްޖެއާ އަވަށްޓެރި ސްރީލަންކާގެ ރައީސްއަށް މޯދީ ގުޅުއްވައިގެން މަޝްވަރާ ކުރެއްވިއިރު، ރާއްޖޭގެ ރައީސް މުއިއްޒު ވަނީ އިޒްރޭލަށް ރެޔާއި ދުވާލު ހަމަލާ ދޭށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ގޮވާލައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment