Advertisement

ސަތޭކަ ރުފިޔާގެ އާ ސްޓޮކެއް އެމްއެމްއޭއިން ގެނެސްފި


ސަތޭކަ ރުފިޔާގެ އާ ސްޓޮކެއް އެމްއެމްއޭއިން ގެނެސްފި

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100ރ. ގެ އާ ސްޓޮކެއް މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މިއަދު ގެނެސްފި އެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަންދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100ރ. ގެ ނޫޓުގެ އާ ސްޓޮކެއް ގެނައީ އެ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށެވެ.

"މި އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން 02 ފެބްރުއަރީ 2026 ގައި އައު ސްޓޮކެއް މި އޮތޯރިޓީއަށް ވަނީ ގެނެސްފައި،" އެމްއެމްއޭ އިން ބުންޏެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު 100ރ. ގެ އައު ނޫޓުތައް ޗާޕުކުރުމަށްފަހު ދައުރު ކުރުމަށް ނެރުނެވެ. އެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އާ ޗާޕުގެ 100ރ. ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ނިޝާން ޖަހާފައި ހުރެ އެވެ.