Advertisement

އެލްޗޭ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

about 7 hours 0


އެލްޗޭ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

about 7 hours 0

މެޑްރިޑް (ފެބްރުއަރީ 1) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 3-1 އިން އެލްޗޭ ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 21 މެޗުން ވަނީ 51 ޕޮއިންޓް ލިބިފަ އެވެ.

ރަށުންބޭރުގައި ކުޅުނު ބާސެލޯނާ އިން ހަ ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ޑެނީ އޮލްމޯ ތަަނަވަސްކޮށްދިން ފުރުސަތަކުން ލަމީން ޔަމާލް ޖެހި ގޯލެކެވެ. ޔަމާލް މި ލަނޑު ޖެހީ އެލްޗޭގެ ކީޕަރު އިނާކީ ޕެނިއާ ކައިރިން ނައްޓާފައި ގޮހެވެ.

އެންމެ ފަހުން ބާސެލޯނާ އަތުން 1974 ވަނަ އަަހަރު މޮޅެއް ލިބުނު އެލްޗޭ އިން މި މެޗުގެ 29 ވަނަ މިނިޓްގައި ލަނޑެއް ޖަހައި، އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ލިބުނު ފުރުސަތެއްގައި ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލި އަލްވާރޯ ރޮޑްރިގޭޒް އެވެ. އެލްޗޭ އިން އެއްވަރުކުރިތާ 11 މިނިޓް ފަހުން، ފެރާން ޓޮރޭޒް ޖެހި ގޯލަކުން ބާސެލޯނާ އިން އަލުން ލީޑުނެގި އެވެ. މިއީ، ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ޓޮރޭޒް ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާގެ ފަހު ގޯލު ޖެހީ މާކަސް ރެޝްފޯޑް އެވެ. ބަދަލަކަށް ކުޅެން އެރި ރެޝްފޯޑް މި ލަނޑު ޖެހީ ޔަމާލް ކުރި އެޓޭކެއްގައި ލިބިގެންދިޔަ ފުރުސަތަކުންނެވެ.

މިއީ، ބާސެލޯނާ އިން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވި 15 ވަނަ މެޗެވެ.