Advertisement

އެމްއައިބީ ރޯދަ ޕްރޮމޯޝަންގެ ދަށުން އަޒަރުބައިޖާން ދަތުރެއް ހޯދުމުގެ ފުރުސަތު


އެމްއައިބީ ރޯދަ ޕްރޮމޯޝަންގެ ދަށުން އަޒަރުބައިޖާން ދަތުރެއް ހޯދުމުގެ ފުރުސަތު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރޯދަ ޕްރޮމޯޝަންގެ ދަށުން އަޒަރުބައިޖާން ދަތުރެއް ލިބޭ ފުރުސަތެއް ހުޅުވާލައިފި އެވެ.

އަންނަ މާޗު 28، ގެ ނިޔަލަށް އެމްއައިބީން ކުރިއަށްގެންދާ ރޯދަ ޕްރޮމޯޝަންގައި އެ ބޭންކުގެ ކާޑު، ފައިސާވެއާ ޓެގް ނުވަތަ އަނގޮޓި، އެމްއައިބީ ޕީއޯއެސް ނުވަތަ ގްލޯބަލް ޕޭ މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ހަފްތާއަކު ފަސް ޓްރާންސެކްޝަން ހަދާ 10 ނަސީބުވެރި ކަސްޓަމަރެއް ކޮންމެ ހަފްތާއަކު ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްއައިބީން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި އެ ބޭންކުގެ ކަސްޓަމަރަކަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ހުރަހެއް ނޯންނާނެ ކަމަށެވެ.

އެމްއައިބީން ވަނީ ރާއްޖޭގެ އާބާދީ ބޮޑު އެކި ރައްރަށުގައި 1،600 އަށް ވުރެ ގިނަ ޕީއޯއެސް މެޝިން ބަހައްޓާފަ އެވެ. އޭގެއިތުރުން ރާއްޖޭގެ ބޮޑެތި އެކި ވިޔަފާރިތަކަށް އެ ބޭންކުގެ ގްލޯބަލް ޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީއަކީ ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެ ބޭންކުގެ އެޕްލައިނައު ޕޯޓްލް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވަސް އެކައުންޓު ހުޅުވޭނެއެވެ.