Advertisement

ލިވަޕޫލުން ޓޮޓެންހަމަށް ރޮބަޓްސަން ވިއްކާލަން މަޝްވަރާކުރަނީ

about 1 hour 0


ލިވަޕޫލުން ޓޮޓެންހަމަށް ރޮބަޓްސަން ވިއްކާލަން މަޝްވަރާކުރަނީ

about 1 hour 0

ލަންޑަން (ޖެނުއަރީ 24) - ލިވަޕޫލަށް ކުޅެމުން އަންނަ ސްކޮޓްލެންޑް ގައުމީ ޓީމުގެ ކެޕްޓަން، އެންޑީ ރޮބަޓްސަން، ޓޮޓެންހަމް ހޮޓްސްޕާސް އަށް ވިއްކާލުމަށް މަޝްވަރާތައް ފަށާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ރޮބަޓްސަން ލިވަޕޫލާ އެކު، ކޮންޓްރެކްޓް ހަދާފައި އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ލިވަޕޫލުން ރޮބަޓަސަންގެ ކޮންޓްރެކްޓް އާ ކުރަން ކޮންމެ ވެސް ވަރެއްގެ މަޝްވަރާތަކެއް ކުރަމުން އައި ނަމަވެސް، މި އަހަރަކީ ވޯލްޑް ކަޕް އަހަރެއް ކަމަށްވެފައި، ރަނގަޅު ގިނަ މެޗުތަކެއް ކުޅެން ބޭނުންވާތީވެ، ރޮބަޓްސަން ދިޔައީ އާ ކޮންޓްރެކްޓެއް ހެދުމާ މެދު ވިސްނަމުންނެވެ.

ލިވަޕޫލްގެ ވާތުބެކް، މިލޯސް ކާކޭޒް އަށް ފުރަތަމަ އެގާރައިން ގިނަ މެޗުތަކުގައި ފުރުސަތު ދޭން ކޯޗު، އާނާ ސްލޮޓް ނިންމުމާ އެކު، ރޮބަޓްސަން އަށް ލިބޭ ފުރުސަތުތައް ވަނީ މަދުވެފަ އެވެ. އަދި، ޓޮޓެންހަމްގެ ބެން ޑޭވިސް އަށް އަނިޔާވުމާ އެކު، އެ ކްލަބުން ވާތުބެކެއް ބޭނުންވާތީވެ، އެ ޓީމުގެ އެއް ވަނަ ޓާގެޓަކީ ރޮބަޓްސަން އެވެ.

ރިޕޯޓްތައް ބުނާގޮތުން، ރޮބަޓްސަން ވިއްކާލަން ލިވަޕޫލުން ކިޔާ އަގު އުޅެނީ، 3-5 މިލިއަން ޑޮލަރުގަ އެވެ.

ހަލް ސިޓީ އަށް 10 މިލިއަން ޑޮލަރު ދީފައި، ލިވަޕޫލުން ރޮބަޓްސަން ގަތީ 2017 ވަނަ އަހަރު އެވެ. ރޮބަޓްސަން ވަނީ ލިވަޕޫލަށް 363 މެޗު ކުޅެދީ އެ ޓީމުން މި ފަހުގެ ތާރީހުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.