about 2 hours 0
ލީވާން އަލީ ނާސިރު
ދެ ޓަގު ބޯޓު ދޭތެރެއަށް ވެއްޓި މަރުވި އެމްޕީއެލްގެ މުވައްޒަފު، އަމީން އަބްދުލްހަމީދު -- ފޮޓޯ: އެމްޕީއެލް
about 2 hours 0
މާލޭ އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް ވެއްޓި އެމްޕީއެލްގެ މުވައްޒަފަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:46 ހާއިރު ރިޕޯޓު ލިބުނު އެ ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.
މި ހާދިސާގައި މަރުވީ ގއ. ދެއްވަދޫ، އަމީން އަބްދުލްހަމީދު، 30 އެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މުއައްސަސާއިން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަމީން މަރުވުމާ ގުޅިގެން އެމްޕީއެލް އިން ވަނީ އޭނާގެ އާއިލާއަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ކިޔާފަ އެވެ.
Comment