about 2 hours 0
ކަނޑުހުޅުދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ
about 2 hours 0
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ގއ. އަތޮޅު ފައިނަލުގައި ދެއްވަދޫ އަތުން 3-0 އިން މޮޅުވެ، ކަނޑުހުޅުދޫން ހަތަރު ވަނަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ. އަތޮޅުގެ ތަށި ކަނޑުހުޅުދޫން އުފުލާލައިފައިވަނީ، 2015، 2016، 2024 އަދި 2026 ވަނަ އަހަރު އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކަނޑުހުޅުދޫ ޓީމަށް ލަނޑުތައް ޖަހައިދީފައިވަނީ، މުހައްމަދު ޒައިން ނިޔާޒް، އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް އަދި އިސްމާއިލް އަންވާރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ޓީމުގެ ޒައިން ވަނީ ހޮވިފަ އެެވެ.
ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ، އަހުނަފް ޒާހިރު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާރު ކުރިއަށްދަނީ އަތޮޅު ބުރުގެ ފަހު މެޗުތަކެވެ. އެ ގޮތުން، މިރޭ ހަތަރު އަތޮޅެއްގެ ފައިނަލް މެޗު ކުޅެވިގެންދާނެ އެވެ.
މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:
20:00 - ތ. އަތޮޅު ފައިނަލް: ތިމަރަފުށި - ކިނބިދޫ
20:00 - ތ. އަތޮޅު ފައިނަލް: އިސްދޫ - ގަން
22:00 - އދ. އަތޮޅު ފައިނަލް: މަހިބަދޫ - މަންދޫ
22:00 - ކ. އަތޮޅު ފައިނަލް: މާފުށި - ގާފަރު
Comment