Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖު: ލ. ތ. އދ އަދި ށ އަތޮޅު ފައިނަލްގެ ޖާގަަތައް ޔަގީންވެއްޖެ

about 2 hours 0

ކަނޑިތީމުގެ ރައުލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖު: ލ. ތ. އދ އަދި ށ އަތޮޅު ފައިނަލްގެ ޖާގަަތައް ޔަގީންވެއްޖެ

about 2 hours 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ލ. ތ. އދ އަދި ށ. އަތޮޅުގެ ފައިނަލުގައި ވާދަކުރާ ޓީމުތައް ޔަގީންވެއްޖެ އެވެ.

މުބާރާތުގައި ރޭ ކުޅެފައިވަނީ، ލ އަތޮޅާއި ތ އަތޮޅާއި އދ އަތޮޅުގެ އިތުރުން ށ އަތޮޅުގެ ސެމީ ފައިނަލް މެޗުތަކެވެ.

އެ ގޮތުން، ލ އަތޮޅުގެ ފުރަތަމަ ސެމީ ފައިނަލުގައި އިސްދޫން ވަނީ 6-0 އިން މުންޑޫ ބަލިކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ލޫތު އަހުމަދު ފަތުހީ ދެ ގޯލާއި މުހައްމަދު ޝިރުފާން ރަޝީދު، އަލީ މީސާގް އީސާ (މީއްޓެ)، ހޫދު އަހުމަދު ފަތުހީ އަދި އަލީ ހުމޭޒު އެވެ.

ލ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ގަމުން ރޭގެ މެޗުގައި، މާވަށާ 1-1 އިން އެއްވަރުވެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެ ގޮތުން، މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ގަމުން އަހުމަދު ހަލީމް (އައްމަޑޭ) ލަނޑު ޖެހިއިރު، މާވަށުން ގޯލު ކާމިޔާބުކުރީ އަހުމަދު މުހައްމަދު އެވެ. ޕެނަލްޓީގައި ގަމުން އައްމަޑޭ، އަލީ ޝާމިސް (ތޮއްޕޭ) އަދި މުހައްމަދު ޖިނާހު ޕެނަލްޓީ ވައްދާލިއިރު މާވަށުން ޕެނަލްޓީ ކާމިޔާބެއްނުވެ އެވެ.

ތ އަތޮޅުގެ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، ތިމަރަފުށިން ވަނީ 5-1 އިން ގާދިފުށި ބަލިކޮށްފަ އެވެ. އެ މެޗުގައި ތިމަރަފުށީގެ ލަނޑުތައް ޖެހީ އިބްރާހިމް ސިނާހު، އަބްދުﷲ ތަހުސީން، އިބްރާހިމް އަަސްވަދު (ގަބޭ)، އަބްދުﷲ ޒިޔާން އަދި އަހުމަދު އަފްލާޒް އެވެ. ގާދިފުށީގެ ލަނޑު ޖެހީ މުހައްމަދު އައިހަމް އެވެ. އަނެއް ސެމީ ފައިނަލުގައި، ކިނބިދޫން ވަނީ 3-2 އިން ހިރިލަންދޫ ބަލިކޮށްފަ އެވެ. ހިރިލަންދޫގެ މުހައްމަަދު ޝަމްހާން އާއި އަހުމަދު ސާއިން ސިއްދީގުގެ ގޯލުތަކުން ލީޑުނެގިއިރު، ކިނބިދޫން ނަތީޖާ އަނބުރާލީ މުހައްމަދު ޝާފިއު ދެ ގޯލާއި މުހައްމަދު ސަހާއު ގޯލެއް ޖަހައިގެންނެވެ. މެޗުގައި ޝާފިއު، ކިނބިދޫގެ މޮޅުވި ގޯލު ޖެހީ ހިރިލަންދޫގެ ކެޕްޓަން، މުހައްމަދު ޝާން އަށް ވީޑިއޯ ސަޕޯޓުން ބަލައިގެން ރަތް ކާޑެއް ދެއްކި ފަހުންނެވެ.

އދ. އަތޮޅުގެ ސެމީގައި، އެންމެ ފަހުގެ ޗެމްޕިއަން މަންދޫ ވަނީ ޕެނަލްޓީ ޖަހައިގެން 4-6 އިން މަހިބަދޫ އަތުން ކަޓައިފަ އެވެ. މެޗުގައި، މަހިބަދޫގެ އިބްރާހިމް ޝާތިރު އާއި އިސްމާއިލް ނަޒީރު ލަނޑުތައް ޖެހިއިރު، މަންދޫން ލަނޑު ޖެހީ ހަސަން އިރުޝާދު އާއި އާދަމް އާޒިމް އެވެ. މީގެ ތެރެއިން އާޒިމް ޖެހި ލަނޑަކީ، މަހިބަދޫގެ ހަ ވަނަ ފައުލަށް މެޗުގެ ފަހު ވަގުތު ދިން ދުރު ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީން އެއްވަރުކޮށް ޕެނަލްޓީ ޝޫޓައުޓުން ނަތީޖާ ނެރުނުއިރު، މަންދޫން ކާމިޔާބުކުރީ އާޒިމް އާއި އިބްރާހިމް އިމްރާން ޖެހި ޕެނަލްޓީތަކެވެ. މަހިބަދޫ މޮޅުވީ، އިބްރާހިމް އުސާމާ ހަސަން މަޖީދު، ޝާތިރު، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަދި ޝުއައިދު ސައީދު ޖެހި ޕެނަލްޓީތަކުންނެވެ.

އދގެ އަނެއް ސެމީ ފައިނަލުގައި ވެސް ނަތީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. އެ ގޮތުން، ދަނގެތީގެ އަހުމަދު ސުދައިސް އަލީ އާއި އޮމަދޫގެ އަބްދުﷲ ނިހާންގެ ޕެނަލްޓީތަކުން އެއްވަރުވިއިރު، ޕެނަލްޓީގައި އޮމަދޫން ވަނީ ޔޫސުފް ނަވާލް، އަބްދުﷲ ނާހިލް، އަލީ ޝާޒް ހިލްމީ އަދި އިސްމާއިލް މަހުތޫމްގެ ޕެނަލްޓީތައް ވައްދާލައިފަ އެވެ. އެކަމަކު، ދަގެއްޗަށް ކާމިޔާބުވީ އިހްސާން މަންސޫރާއި ސުދައިސް އާއި މުހައްމަދު ނާއިމްގެ ޕެނަލްޓީ އެވެ.

ށ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ކަނޑިތީމުން ވަނީ އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، މިލަންދޫ އަތުން 1-0 އިން މޮޅުވެފަ އެވެ. ކަނޑިތީމުން މި މެޗު ކާމިޔާބުކުރި ލަނޑު ޖެހީ ރައުލް ނިޔާޒް އެވެ. ށ. އަތޮޅުގެ އަނެއް ސެމީ ފައިނަލުގައި، 0-0 އިން އެއްވަރުވެ، ފޯކައިދޫ އާއި ފުނަދޫ ތެރެއިން މޮޅުވި ޓީމެއް ކަނޑައެޅީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި، ފޯކައިދޫން ފަސް ޕެނަލްޓީ ވައްދާލި އެވެ. މުހައްމަދު މަައާން ސަބީހު، ސުމާމް ލަތީފް، މުހައްމަދު ޝަމްހާން، ހުސެއިން ޒިދާން އަދި ނަދީމް ނަވާޒްގެ ޕެނަލްޓީތަކުން، ފޯކައިދޫ މޮޅުވީ 5-3 އިންނެވެ. ފުނަދޫން ޕެނަލްޓީތައް ކާމިޔާބުކުރީ އަލީ ރިޒްވީން، ހަސަން އާދިލް އަދި އަލީ ޝައިހާން ނަސީމް އެވެ.

ފައިނަލް މެޗުތަކަށް ބަލާއިރު، ލ. ތ އަދި އދ ފައިނަލް އޮތީ ބުދަ ދުވަހު އެވެ. އަދި، ށ އަތޮޅު ފައިނަލް އޮތީ ބުރަސްފަތި ދުވަހު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ތިން މެޗު ކުޅޭއިރު، މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - ގދ. ފައިނަލް: ވާދޫ - ހޯނޑެއްދޫ

16:00 - ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

17:00 - ބ. އޭދަފުށި - ބ. ފެެހެންދޫ

--------------------------------------------

20:00 - ހދ. ސެމީ ފައިނަލް: ނޮޅިވަރަންފަރު - ފިނޭ

20:00 - ހދ. ސެމީ ފައިނަލް: ނައިވާދޫ - ނޭކުރެންދޫ

21:00 - ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި

21:00 - ޅ. ނައިފަރު - ޅ. ހިންނަވަރު

22:00 - ފ. ބިލެއްދޫ - ފ. މަގޫދޫ

22:00 - ފ. ނިލަންދޫ - ފ. ދަރަނބޫދޫ

23:00 - މ. ދިއްގަރު - މ. ކޮޅުފުށި

23:00 - މ. މަޑުއްވަރީ - މ. ނާލާފުށި